ENGLISH
21 އޭޕްރީލު 2025
ޕޯސްޓު މެދުވެރިކޮށް ގެނައި ޕެކޭޖަކުން މަސްތުވާތަކެތި އަތުލައިގެންފި
05 މާރިޗު 2025
|
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން. ކަސްޓަމްސްއިން ވަނީ މަސްތުވާތަކެތި ހިމެނުނު ޕެކޭޖެއް އަތުލައިގެންފަ--ފޮޓޯ/ ކަސްޓަމްސް
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕެކޭޖަކުން މަސްތުވާތަކެތި އަތުލައިގެންފި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ ޕޯސްޓް މެެދުވެރިކޮށް ގެނައި ޕެކޭޖަކުން އަންގާރަ ދުވަހު އަތުލައިގަތީ ކެނެބިސް ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހިމެނުނު ޕެކޭޖުގެ ބަރުދަނުގައި 1070 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ކަސްޓަމްސްއިން ބުނީ ޕެކޭޖް ބެލީ މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ކަމަށެވެ. އެގޮތުން އެ ޕެކޭޖުން ފެނުނު މަސްތުވާތަކެތި ޓެސްޓުކުރުމުން ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މަސްތުވާތަކެތި ފެނުނު ޕެކޭޖާ ހަވާލުވާން ދިޔަ އުމުރުން 52 އަހަރުގެ ފިރިހެނެއް މިހާރު ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 33 އަހަރުގެ ޗައިނާ މީހެކެވެ. އޭނާއަށް ތުހުމަތުކުރީ ރާއްޖެއަށް ޑްރަގު އެތެރެކުރުމާއި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރުކުުރުމުގެ ތުހުމަތެވެ.