ENGLISH

21 އޭޕްރީލު 2025

Advertisement

ޓޮބްލެރޯން ބްރޭންޑުގެ ޗިކެން އެންޑް މަޝްރޫމް ސޯސްއެއް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

05 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ޗިކެން އެންޑް މަަޝްރޫމް ސޯސް، ފޮޓޯ: މާސްޓަފުޑްސް

ޓޮބްލެރޯން ބްރޭންޑުގެ ޗިކެން އެންޑް މަޝްރޫމް ސޯސްއެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ. 

އެ އޮތޯރިޓީން މިރޭ ނެރުނު ބަޔާނެއްގައި "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް"އިން ތައްޔާރުކޮށްފައިވާ "މާސްޓާ ފުޑްސް ކްރީމް ޗިކަން އެންޑް މަަޝްރޫމް ކުކިން ސޯސް"ގައި ބިސް ހިމެނުނު ނަމަވެސް އެ އުފެއްދުމުގައި އެލާޖެން އެކުލެވޭކަން އެ ސޯސްގެ ލޭބަލުގައި ބަޔާންކޮށްފައިނުވެއެވެ. އަދި އެ ކުންފުނިންވަނީ އެ އުފެއްދުން ބާޒާރުން ނެގުމަށް ނިންމާފައެވެ. 

އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސސް ނެޓްވާކް (އިންފޮސާން) މެދުވެރިކޮށް އެމްއެފްޑީއޭއަށް އެ ކުންފުނިން އަންގާފައިވެއެވެ. 

އެ ކުންފުނިން ބުނެފައިވަނީ މި ސޯސްގައި ހިމެނޭ އެލާޖަންގެ މައުލޫމާތު ހިމަނާފައިނުވުމަކީ އެ އުފެއްދުން ބޭނުންކުރާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކަލެއް މެދުވެރިވެދާނެ ކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމެއްކަމަށެވެ. 

އެ ކުންފުނިން ފޯރުކޮށްދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޓޮބްލެރޯން ބްރޭންޑުގެ މާސްޓާފުޑްސް ކްރީމީ ޗިކެން އެންޑް މަޝްރޫމް ކުކިން ސޯސް ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށް އެމްއެފްޑީއޭއިން އަންގާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު