ENGLISH
21 އޭޕްރީލު 2025
މަގާމުގައި ހުންނެވިއިރު މަރްޔަމް ވިސާމް ކޮށްދެއްވި ޚިދުމަތަށް އިކޮނޮމިކް މިނިސްޓްރީން ޝުކުރުއަދާކޮށްފި
05 މާރިޗު 2025
|
ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމުގައި ޚިދުމަތްތެރި މަސައްކަތްތަކެއް ކުރެއްވުމަށްފަހު އިއްޔެ މަޤާމުން އިސްތިއުފާދެއްވި މަރްޔަމް ވިސާމް. އެމްއެމްޓީވީ ފައިލް ފޮޓޯ
ރެޖިސްޓްރަރ އޮފް ކޮމްޕެނީސްގެ މަޤާމުގައި ވޭތުވެދިޔަ 11 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު، އިއްޔެ އެ މަޤާމުން އިސްތިއުފާދެއްވި މަރްޔަމް ވިސާމް ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޝުކުރުއަދާކޮށްފިއެވެ.
ރަޖިސްޓްރަރ އޮފް ކޮންޕެނީސްގެ މަޤާމަށް ވިސާމް އައްޔަނުކުރެއްވީ 2014 ވަނަ އަހަރުގެ ޖަނަވަރީ 28 ވަނަ ދުވަހުއެވެ. އެގާރަ އަހަރަށްފަހު މަރްޔަމް ވިސާމްވަނީ މިމަހުގެ އެއްވަނަ ދުވަހު އެ މަޤާމުން އިސްތިއުފާދެއްވާފައެވެ. އޭގެކުރިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމްވެސް އަދާކުރެއްވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިދިޔަ ދިގު މުއްދަތުގައި މަރްޔަމް ވިސާމް ވަނީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާ ހަރުދަނާކުރުމާއި، ޤާނޫނީ އޮނިގަނޑު ތަރައްޤީކުރުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
މަރްޔަމް ވިސާމަށް އިތުރު ކާމިޔާބީތަކަށް އެދެމުން އެ ވުޒާރާގެ ޕޯސްޓުގައި ވަނީ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ގަވަރނިންގ ބޯޑުގެ މެމްބަރުކަމުގައި ދެމިހުންނެވުމަށް މަރްޔަމް ވިސާމް ނިންމެވުމުން އެކަމަށް މަރުހަބާ ކިޔައިފައެވެ.
ވިސާމް ވަނީ އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން އިކޮނޮމިކްސްގެ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވާފައެވެ. މާސްޓާސް ޑިގްރީ ޙާސިލްކުރެއްވީ އޮސްޓްރޭލިއާގެ ކްއީންސްލެންޑުންނެވެ.