ENGLISH

21 އޭޕްރީލު 2025

Advertisement

ޝެއިޚް އިސްމާއީލު މުހައްމަދުގެ އެހީގައި ބިނާ ކުރާ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

05 މާރިޗު 2025

|

ޝާމަ ޝުޢައިބު

މަސްޖިދު އުންމުލްމުއުމީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ގެ ނަމުގައި ބިނާ ކުރާ މި މިސްކިތް ބިންގާއެޅުމުގެ ރަސްމިއްޔާތު، ފޮޓޯ: ރަައީސް އޮފީހުން

މ. ޠައިބާ ފަޟީލަތުއްޝައިޚު އިސްމާއީލު މުހައްމަދުގެ ދީލަތި އެހީގައި ބިނާކުރެވޭ މިސްކިތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ. 

ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި އަޅާ މި މިސްކިތުގެ ބިންގާ އެޅުމަށްޓަކައި މިއަދު މެންދުރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން އެކި މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މަސްޖިދު އުންމުލްމުއުމީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ގެ ނަމުގައި ބިނާ ކުރާ މި މިސްކިތުގެ މަސައްކަތް މެނޭޖްކުރަނީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. އެތައް އަހަރެއްވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތްހުރި ތަނުގައި ބިނާކުރެވޭ މި މިސްކިތަކީ އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި ކިޔަވާކުދިންނަށް، ނަމާދުގެ ފަހުން ކިޔަވަން ރިސާރޗް ހަަދަން/ އެސައިންމަަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާ އެކު ދެ ފަންގިފިލާއަށް ބިނާކުރެވޭ މިސްކިތެކެވެ.

މި މިސްކިތުގައި އެތެރެއާއި ބޭރާއެކު ދެ ހާސް ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތަކީ ރިސާރޗް ލައިބްރަރީއަކާ އެކު ގާއިމު ކުރާ ފުރަތަމަ މިސްކިތެވެ. މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. މި މިސްކިތް ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދެވި އޭސީކުރެވޭނެއެވެ.

އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގައާއެކު ޚާއްސަ ފާޚާނާ ވެސް ހުންނާނެ. މި މިސްކިތް އެއް އަހަރު ތެރޭ ބިނާކޮށް ނިމޭނެ ކަމަށާ އަމާޒަކީ ދެން އަންމަ ރަމަޟާން މަހަށް މިސްކިތް ހުޅުވުން ކަމަށް މި މިސްކިތް ބިނާކުރާ ފަރާތުން މައުލޫމާތު ދެއެވެ. އަދި މިސްކިތް ހުޅުވުމަށް ފަހު، މިސްކިތުގައި އިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު