ENGLISH
21 އޭޕްރީލު 2025
ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 2 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
05 މާރިޗު 2025
|
ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން އިތުރު 2 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މި ދެމީހުން އަތުލައިގަތީ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން، އިއްޔެ މެންދުރުފަހު މާލޭގައި ހިންގަމުން އަންނަ ގަރާޖެއް ބަލައިފާސްކުރުމަށް ފަހުގައި ކަމަށެވެ.
އަދި ޤަވާއިދާ ޚިލާފަށް ސައްޙަ ވިސާއެއްނެތި އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތައް މި ރަމަޟާން މަހުގައި ވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުގެ މި ޕޯސްޓުގައި ބުނެފައިވެއެވެ.
ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެކި ބާވަތުގެ ކުށްތަކުގައި ޝާމިލުވާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އުފައްދާފައިވާ އޮންލައިން ޕްލެޓްފޯމަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 43،294 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާކަމަށް އިމިގްރޭޝަނުންވަނީ ބުނެފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާއިރު، ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ހިންގައި ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަމުންނެވެ.