ENGLISH

21 އޭޕްރީލު 2025

Advertisement

އޮފީސްތަކުގެ ޤުރުއާން މުބާރަތް ފަށައިފި

04 މާރިޗު 2025

|

ޢަލީ ޝާހީން

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފިއެވެ.

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ބެލުމުގެ ދަށުން މި އަހަރު ކުރިއަށްދާ މުބާރާތުގައި 24 އޮފީހަކުން 94 ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތުގެ ކިޔެވުން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކިޔެވުން ކުރިއަށް ގެންދަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު