ENGLISH

21 އޭޕްރީލު 2025

Advertisement

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި

04 މާރިޗު 2025

|

ޢަލީ ޝާހީން

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި ބާއްވަން ނިންމައިފިއެވެ.

މި ފޯރަމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ގައްދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމްއެކެވެ.

"ނުރަނގަޅު އާދަތައް ދޫކުރުން" މި މަޢުޟޫއަށް މި ފޯރަމްގައި ތަޤުރީރު ކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ޢަބްދުﷲ ސަޢުދާންއެވެ.

އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ އިޙްޔާ ފޯރަމް އޮންނާނީ ގައްދޫގެ އިތުރުން ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫގެ އިތުރުން ރ. މީދޫގައެވެ.

މި އަހަރުވެސް އިޙްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު