ENGLISH
21 އޭޕްރީލު 2025
އެސްޓީއޯއިން ކާށީގެ އާ ސްޓޮކެއް ގެނެސް، ބާޒާރުގައި އަގު ތިރި ކޮށްލައިިފި
04 މާރިޗު 2025
|
ފޮޓޯ: ނިޝާން އަލީ
ރަމަޟާން މަހަށް ހާއްސަކޮށް އެސްޓީއޯއިން ދަނީ ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. މިގޮތުން ރޯދަ ފެށުމުގެ ކުރިންވެސް ކާށީގެ ސްޓޮކެއް ގެނެސް ވިއްކިއެވެ. ނަމަވެސް އެ ސްޓޮކް ހުސްވުމުން ބާޒާރުގައި ކާށީގެ އަގު އާދަޔާ ޚިލާފަށް މައްޗަށް ދިޔައެވެ. އެގޮތުން ކާއްޓެއްގެ އަގު 40 ރުފިޔާއަށްވުރެ މައްޗަށް އެރިއެވެ.
ކާށީގެ އަގު މައްޗަށް ދިއުމާއެކު، ބާޒާރުގައި ކާށީގެ އަގު ބޮޑުވިޔަނުދިނުމުގެ ގޮތުން ކާށީގެ އައު ޝިޕްމެންޓެއް ރާއްޖެއަށް ގެނެސް، ބާޒާރަށް އެސްޓީއޯއިންވަނީ ނެރެފައެވެ.
އެސްޓީއޯގެ އޮފިޝަލަކު އެމްއެމް އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިޔާއިން އެެތެރެ ކޮށްފައިވާ ކާށިގެ އާ ސްޓޮކެއް އެސްޓީއޯއިން ގެނެސް އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކަމުންދާ ކަމަށެވެ.
މިފަހަރު ކާށި ކިލޯ އެއް ވިއްކަމުން ދަނީ ވިހި ރުފިޔާއަށެވެ. މި އަގުގައި ވިއްކަމުންދާއިރު ކާއްޓަކަށް ޖެހޭނީ 7 ރުފިޔާ އާއި 9 ރުފިޔާއާ ދެމެދުގެ އަގެކެވެ.
އެސްޓީއޯއިން މިރަމަޟާން މަހަށް ޚާއްޞަ ތައްޔާރީތަކެއް ވިއެވެ. މި ގޮތުން، ސަރުކާރާއި ގުޅިގެން ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
އެސްޓީއޯ އިން މިއަހަރު ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ. އަދި ސަރުކާރުގެ ލަފާގެ މަތިން، މާކެޓުގެ އަގުތަކަށް އަަންނަ ބަދަލުތައް ގަވާއިދުން ބަލައި، އެއްވެސް މުދަލެއްގެ އަގު އުފުލޭނަމަ އަގު ހިފަހެއްޓުމަށް އަވަސް ފިޔަވަޅުތަކެއް އެކުންފުނިން އަޅަމުންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.