ENGLISH

21 އޭޕްރީލު 2025

Advertisement

އެޗްޑީސީގެ ޗެއާމަންކަމުން ވަކިކޮށް ނާސިފު ވެމްކޯގެ ޗެއާމަންކަމަށް

04 މާރިޗު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަނުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަލްފާޟިލް އަޙްމަދު ނާޞިފް އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއަރމަން ކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މައުލޫމާތުދިންގޮތުގައި ނާޞިފް ވެމްކޯގެ ޗެއަރމަން ކަމުގެ މަޤާމަށް އައްޔަނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.

ޕީސީބީއިން މި ބަދަލުގެނައި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ. އެޗްޑީސީގެ ޗެއަރްމެންގޮތުގައި ނާޞިފް އައްޔަނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. 

އެޗްޑީސީގެ ޗެއާމަނުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ޗެއާމަނުގެ މަގާމުގައެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެޗްޑީސީގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު