ENGLISH

21 އޭޕްރީލު 2025

Advertisement

ފުލުހުންނަށް ހުށަހެޅި ވައްކަމުގެ މައްސަލަތައް މަދުވެއްޖެ

04 މާރިޗު 2025

|

ޢަލީ ޝަހީމް

ފުލުހުން މާލޭގެ މަގުމަތީގައި. ވައްކަމުގެ މައްސަލަތައް ވަނީ މަދުވެފަ. ފޮޓޯ: ޕޮލިސް މީޑިއާ

މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު މިދިޔަ ފެބްރުވަރީ މަހު ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތައް މަދުވެއްޖެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެބްރުވަރީ މަހުގެ ތަފާސްހިސާބު އާއްމުކޮށްފައިވާއިރު، ފެބްރުވަރީ މަހު ޖުމްލަ 882 މައްސަލަ ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. 

ފެބްރުވަރީ މަހަށް ބަލާއިރު، ވައްކަމުގެ ހުށަހެޅިފައިވަނީ 196 މައްސަލައެވެ. މިއަހަރުގެ ޖަނަވަރީ މަހު ވައްކަމުގެ 274 މައްސަލަ ހުށަހެޅުނުއިރު، ފެބްރުވަރީ މަހު ހުށަހެޅުނީ ޖަނަވަރީއަށްވުރެ 78 މައްސަލަ މަދުންނެވެ. 

ފެބްރުވަރީ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅުނީ މަގުމަތީގެ އެކްސިޑެންޓުގެ މައްސަލަތަކެވެ. އެގޮތުން މަގުމަތީގެ އެކްސިޑެންޓުގެ 293 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. 

މަގުމަތީގެ އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތަކަށް ފަހު މިދިޔަ މަހު އެންމެ ގިނައިން ފުލުހަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މަސްތުވާތަކެތީގެ 119 މައްސަލަ ހުށަހެޅުނުއިރު އަމިއްލަ މުދާ ގެއްލިގެން 87 މައްސަލަ ހުށަހެޅުނެވެ. 

އެހެން މައްސަލަތަކަށް ބަލާއިރު ފޭރުމުގެ 16 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި، ޖިންސީ ފުރައްސާރައިގެ 12 މައްސަލައާއި ގެވެށި އަނިޔާގެ 15 މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތަށް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ. 

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 528 މަގުމަތީ އެކްސިޑެންޓުގެ މައްސަލަ ހުށަހަޅާފައިވާއިރު ވައްކަމުގެ 470 މައްސަލަ ވަނީ ހުށަހެޅިފައެވެ. 

ކިޔުންތެރިންގެ ހިޔާލު