ENGLISH
21 އޭޕްރީލު 2025
ގާތްގާތުގައި ސްޓެލްކޯއިން ދެ ބިލު ފޮނުވުން؛ ބެކްލޮގު ފިލުވަނީ، ބިލު ދައްކަން 30 ދުވަސް ލިބޭ
03 މާރިޗު 2025
|
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ، ފޮޓޯ: ސަން
ދައުލަތުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން ގާތްގާތުގައި ދެ ބިލު ފޮނުވި ސަބަބު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ހުުސައިން ފަހުމީ ސާފުކޮށްދެއްވައިފިއެވެ.
އެ ކުންފުންޏަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އެ ކުންފުނިން އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވައިނުލާނެ ކަމަށެވެ. އަދި ގާތްގާތުގައި ދެ ބިލު ފޮނުވުމަކީ ކުރިއްސުރެ މީޑިޔާތައް މެދުވެރިކޮށް ކުރިއާލައި ހާމަކޮށްފައިވާ ކަމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ކަސްޓަމަރުންގެ ފައިދާއަށްޓަކައި ކުންފުނިން ނިންމުމެކެވެ. އަދި ދެ ބިލަކީ އެއް ޔޫސޭޖަކަށް ކުރާ ބިލުތަކެއް ނޫންކަން ބަޔާންކޮށްދެއްވައި ފަހުމީ ވިދާޅުވީ ބިލުކުރަނީ ކޮން މުއްދަތެއްކަން ބިލުނ ފެންނާނެ ކަމަށެވެ.
އިތުރަށް އެމްޑީ ވިދާޅުވީ މި ދެ ބިލަކީ ސްޓެލްކޯއިން ރީޑިން ނެގުމަށްފަހު ބިލް ފޮނުބުމުގައި އުޅޭ 20 ނުވަަތަ 25 ދުވަހުގެ ބެކްލޮގް ސާފުކުރުމަށް ފޮނުވާ ބިލެއް ކަމަށެވެ. އަދި އެބިލު ދެއްކުމުގައި ކަސްޓަމަރުންނަށް ދިމާވެދާނެ މާލީ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ބިލުތައް ދެއްކުމަށް ޖޫރިމަނާ ނާރާ ގޮތަށް 30 ދުވަހުގެ މުއްދަތެއްވެސް ދީފައިވާނެ ކަމުގައި ފަހުމީ ވިދާޅުވިއެވެ.
މި ބިލުތައް ފޮނުވުމުގެ އަނެއް މަގުސަދުކަމަށް ފަހުމީ ފާހަގަކުރެއްވީ މުލަ ރޯދައިން ފެށިގެން ރޯދަމަހުގެ ބިލުތައް އެއް މަހުގެ ބިލުގެ ގޮތުގައި ތައްޔާރުކޮށް، އެބިލުގައި ސަރުކާރުން ދޭ ޑިސްކައުންޓު ޝާމިލުކުރުމެވެ. އަދި ކުރިން އޮތް ބެކްލޮގާއެކު ރޯދަމަހުގެ ބިލު ފޮނުވައިފިނަމަ ޑިސްކައުންޓު ލިބޭނީ ރޯދަމަހުގެ އެއްބަޔަށްކަން ފަހުމީ ފާހަގަކުރައްވާފައިވެއެވެ.
"މީގެ ކުރިން މި ދެންނެވި ބެކްލޮގާއި އެކު އެ ބިލް ފޮނުވާނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު." - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުުސައިން ފަހުމީ
އަދި ބެކްލޮގު ފިލުވައިލުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި އޭޕްރީލުން ފެށިގެން ކޮންމެ މަހެއްގެ ފަހު ހަފުުތާގައި ރީޑިން ނަގައި، ޖެހިގެން އަންނަ ދުވަހު ބިލު ފޯރުކޮށްދިނުމުން ކަސްޓަމަރުންނާއި ބިލުގައިވާ ރީޑިންއާއި މީޓަރު އަޅައިކިޔުމުގެ ފުރުސަތު ލިބި ކުންފުންޏަށް އޮތް އިތުބާރު އިތުރުވުން ފަހުމީ ފާހަގަކުރެއްވިއެވެ.