ENGLISH
21 އޭޕްރީލު 2025
މެލޭޝިޔާގައި ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ
03 މާރިޗު 2025
|
ގެއްލިގެން ހޯދަމުންދާ މީހާ
މެލޭޝިޔާގައި ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އަހުމަދު އުސެއިދު އިބްރާހިމް އަފީފް ނަމަކަށް ކިޔާ މީހެކެވެ. މިއަދު މެންދުރު ފަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.
އާއިލާ އިން ވަނީ އުސެއިދުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް މެލޭޝިޔާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އެންގުމަށް އެދިފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އުސެއިދުގެ ޚަބަރެއް ނުވެގެން އެކަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.