ENGLISH

21 އޭޕްރީލު 2025

Advertisement

މިފްކޯގެ ސީއީއޯ މަގާމުން ވަކިކުރައްވައިފި

03 މާރިޗު 2025

|

އަޙުމަދު ޙަމީދު

މަގާމުން ވަކިކުރެއްވި މިފްކޯގެ ސީއީއޯ

‏މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު މަގާމުން ވަކިކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ދެންމެ ވިދާޅުވީ މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަޤާމުގައި ހުންނެވި ޑޮކްޓަރު ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

މިފްކޯގެ ސީއީއޯ މަގާމަށް ވިޓާލީ އައްޔަނު ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ ކުރީކޮޅު އެވެ. އެއީ މިފްކޯގެ ހިންގުން ހަރުދަނާ ކުރެއްވުމުގެ ބޭނުމުގަ އެވެ.

އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ތެރޭގައި ހިންގަމުންދާ ނާޖައިޒު ކަންކަން ނައްތާލެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު