ENGLISH

21 އޭޕްރީލު 2025

Advertisement

ކޮމިޓީތަކުގެ މެމްބަރުންނަށް ބަދަލު ގެނައުމަކީ އަބަދުވެސް ހިނގާ ކަމެއް: ފަލާހު

03 މާރިޗު 2025

|

އުމްނާ އިސްމާޢީލް

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންނަށް ބަދަލު ގެނައުމަކީ ޕާލިމެންޓަރީ ގްރޫޕުތަކުގައި އަބަދުވެސް ހިނގާ ކަމެއް ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިގޮތަށް ވިދާޅުވެ، 'އެކްސް' ގައި ޕޯސްޓު ކުރެއްވީ، ކޮމިޓީތަކުގައި ތިއްބަވާ ޕީއެންސީގެ ބައެއް މެމްބަރުންނަށް ގެންނެވި ބަދަލުތައް މިއަދުގެ ޖަލްސާގައި އިއުލާނުކުރުމާއެކު އެއީ ވަކި މެމްބަރަކަށް އަމާޒުކޮށް ގެނައި ބަދަލެއް ކަމަށް ދޭހަވާ ގޮތަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ފަލާހު ވިދާޅުވީ ޕީޖީ ގުރޫޕުގެ ޢަދަދާއި ކޮމެޓީތަކުގެ ޢަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް އެކި އިރު ބަދަލު ގެނައުމަކީ މީގެކުރީގެ މަޖިލީސްތަކުގައި ވެސް ކޮށްފައިވާ ކަމެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ ކޮމިޓީތަކަށް އެ ވަގުތަކަށް ބޭނުންވާ ބަދަލުތައް އަންނަމުންދާނެ ކަމަށެވެ.

މިއަދު އިއުލާނު ކުރި ބަދަލުތަކުގެ ތެރޭގައި:

  • މާލިއްޔަތު ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގުގެ ބަދަލުގައި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
  • އިމްތިޔާޒް އަދި ސުލޫކު ކޮމިޓީއަށް ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލްގެ ބަދަލުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު
  • ޕެޓިޝަން ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާންގެ ބަދަލުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް
  • ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގުގެ ބަދަލުގައި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ކޮމިޓީއެއްގައި ހިމެނޭ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާނަމަ، އެ މެމްބަރުގެ ބަދަލުގައި އެ ކޮމިޓީއަށް އެ ޕާޓީގެ އެހެން މެމްބަރަކު އައްޔަނުކުރުމުގެ އިޚުތިޔާރު ލިބެ އެވެ. އެ ބަދަލު ގެނައުމަށް ބޭނުންވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަންޖެހޭނީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުންނެވެ.

ކިޔުންތެރިންގެ ހިޔާލު