ENGLISH

21 އޭޕްރީލު 2025

Advertisement

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާލުމަށް އިޒްރޭލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

03 މާރިޗު 2025

|

އަޙުމަދު ޙަމީދު

ޣައްޒާއަށް އިންސާނީ އެހީ ވެއްދޭނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން

ޣައްޒާއަށް ހިއުމެނިޓޭރިއަން އެއިޑް، އިންސާނީ އެހީ އެތެރެވުން ހުއްޓާލުމަށް އިސްރާއީލުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ދިވެހި ސަރުކާރުން ބުނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އިންސާނީ ޙައްޤުތަކާ ކަނޑައެޅިގެން ޚިލާފު ޢަމަލެއް ކަމަށެވެ.

އިސްރާއީލުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުތައް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލާ ކަމަށް ވެސް ދިވެހި ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ވެސް ދިވެހި ޚާރިޖިއްޔާ އިން ބުންޏެވެ.

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ދިޔަ ޖަރީމާތައް ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލުމަށް ފަހު އިންސާނީ އެހީ ފޯރުކޮށް ދިނުމަށް މިހާރު ގެންދަނީ ހުރަސް ކުރަމުންނެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކު ބަނޑަށް ޖެހި މަރުވެދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އިޒްރޭލުގެ މި ޖަރީމާތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންދަނީ ފާޅުގައި ބަސް ބުނަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު