ENGLISH
21 އޭޕްރީލު 2025
ރޯދަމަހު މާލެ ސަރަހައްދުގެ ވެކްސިންދޭ މަރުކަޒުތަކާއި ގަޑިތައް އިއުލާނު ކޮށްފި
03 މާރިޗު 2025
|
މީހަކަށް ވެކްސިން ދޭން ތައްޔާރު ވަނީ
ރޯދަމަހު މާލެ ސަރަހައްދުގެ ވެކްސިންދޭ މަރުކަޒުތަކާއި ގަޑިތައް އިޢުލާނު ކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޘަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަމަނަވެއްޓާއި އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ދޭނެ ކަމަށެވެ. ދަމަނަވެށީން އެ ހިދުމަތް ލިބޭނީ ބަންދު ނޫން ކޮންމެ ދުވަހަކު 8:15 އިން މެންދުރު 1:15 އަށެވެ. އޭޑީކޭ ހޮސްޕިޓަލުން ވެކްސިންގެ ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 10:30 އިން 1:30 އަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:15 އިން މެންދުރު 12:00 އަށެވެ.
މީގެ އިތުރުން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި ޓްރީޓޮޕްގެ އިތުރުން މެޑިކާ ހޮސްޕިޓަލާއި ޖީޕީ ކްލިނިކުން ވެސް ވެކްސިން ޖަހައި ދިނުމުގެ ހިދުމަތް ދޭނެ އެވެ. ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުން ވެކްސިންގެ ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން 12:00 އަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ހެނދުނު 10:00 އިން މެންދުރުން އަނބުރާ 3:00އާ ހަމައަށެވެ. މެޑިކާ ހޮސްޕިޓަލުން ކޮންމެ ހޮނިހިރު އަދި ބުދަ ދުވަހު ހެނދުނު 8:00 އިން 12:00 އަށް އަދި ޖީޕީ ކްލިނިކް އިން ކޮންމެ އާދިއްތަ އާއި ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 1:00 އަށެވެ.
އެޗްޕީއޭ އިން ބުނީ ރޯދަ މަހުގެ ފަހު 10 އެއްގައި ދަމަނަވެށިން ހިދުމަތް ދޭ ގަޑިތައް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.