ENGLISH

21 އޭޕްރީލު 2025

Advertisement

ޑޮކްޓަރުންގެ ވަގުތީ ލައިސަންސްގެ މުއްދަތު ހަ މަހަށް ކުރުކޮށްފި

03 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ހެލްތު މިނިސްޓްރީގެ ނަންބޯޑު، ފޮޓޯ: މިހާރު

ޑޮކްޓަރުންނަށް ދިވެހިރާއްޖޭގައި ބޭސްފަރުވާކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ހަދަންޖެހޭ އިމްތިހާނު ފުރިހަމަކުރުމުގެ ކުރިން ވަގުތީ ގޮތުން ދޫކުރާ ލައިސަންސްގެ މުއްދަތު ހަ މަސްދުވަހަށް ކުރުކުރަން ނިންމައިފިއެވެ. 

ފާއިތުވި ބުރާސްފަތިދުވަހު ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މެޑިކަލް ކައުންސިލުގެ ލައިންސަންސިން އިމްތިހާނު ފުރިހަމަކުރަންޖެހޭ ޑޮކްޓރުންނަށް އެއް އަހަރު ދުވަހަށް ދޫކުރަމުން އައި ވަގުތީ ރަޖިސްޓްރޭޝަނުގެ މުއްދަތު ހަ މަސް ދުވަހަށް ކުރުކޮށްފައިވާ ކަމަށެވެ. 

މި ބަދަލަށް ނިމުނު އަހަރުގެ ސެޕްޓެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވެއެވެ. ނަމަވެސް އެކަން ރަސްމީކޮށް އާއްމުކުރުމަށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރީ ފާއިތުވި ހަަފުތާގަައެވެ. 

އެ ބަދަލަށް ފަހު އެންމެ ފުރަތަަމަ ދޫކުރި ހަ މަސްދުވަހުގެ ޕްރޮވިޝަނަލް ލައިސަންސްތަކުގެ މުއްދަތު ފާއިތުވި ހޮނިހިރުދުވަހާ ހަމައަށްވަނީ ހަމަވެފައެވެ. ނިމުނު އަހަރުގެ ސެޕްޓެންބަރު އެއްވަނަ ދުވަހުގައި ދޫކުރި ލައިންސަސްތަކުގެ މުއްދަތު ހަމަވުމާއެކު، މިނިސްޓްރީންވަނީ އިތުރު ހަމަ މަހަށް މުއްދަތު އިތުރުކޮށްފައެވެ. 

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މީޑިޔާއަށް މައުލޫމާތު ދެއްވި ގޮތުގައި މިބަދަލަކީ، ވަގުތީ ލައިސެންސްގެ މުއްދަތުގެ ގޮތުގައި އަހަރު ދުވަސް ދިގުކަމަށް ގަބޫލުކުރެއްވޭތީ ގެނައި ބަދަލެކެެވެ. އަދި ވަގުތީ ލައިސަންސްގެ މުއްދަތު ބަދަލުކުރި ނަމަވެސް ދާއިމީ ލައިންސެންސްގެ މުއްދަތަށް ބަދަލެއް ނުގެންނަކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

މެޑިސިން ޕްރެކްޓިސްކުރުމުގެ ދާއިމީ ލައިންސެންސްއަކީ ފަސް އަހަރުގެ މުއްދަތަަކަށް ދޫކުރާ ލައިސެންސެކެވެ. ކޮންމެ ފަސް އަހަރަކުން އެ ލައިސެންސް އާކުރަންޖެހެއެވެ. 

ކިޔުންތެރިންގެ ހިޔާލު