ENGLISH
21 އޭޕްރީލު 2025
ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރަން ފާސްކޮށްފި
03 މާރިޗު 2025
|
ތުރުކީ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އަދި ސައުދީ ސަފީރު އަހުމަދު ސަރީރު
ބޭރުގެ ދެ ގައުމަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ރަޝިއަން ފެޑަރޭޝަން އަދި ކިންގްޑަމް އޮފް މޮރޮކޯ އަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ދެ ނަމެއް ފޮނުއްވައި، އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބޭފުޅުންނަށް ރުހުންދިނުމަށްޓަކައި ނެގުނު ވޯޓުގައި
އެއީ:
1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަގާމުތައް ފުރުއްވާފައިވާ ސަރީރަކީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރީރު ވަނީ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ އިތުރުން ފޮރިން ސެކެޓްރީގެ މަގާމުގެ އަދާކުރައްވާފަ އެވެ.
ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައިވާ ފުރަތަމަ ރެޒިޑެންޓް ސަފީރު އަބްދުއްރަހީމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް މީގެކުރިން ފުރުއްވާފައިވާ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި 39 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން، މިއަދުގެ ޖަލްސާގައި ރިޕަބްލިކް އޮފް ދަ ފިލިޕީންސް އަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރަކަށް މެލޭޝިޔާގެ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހުމަދު އައްޔަނުކުރެއްވުމަށް ރައީސް މަޖިލީހަށް ފޮނުއްވި މައްސަލަ ވެސް ތަޅުމުގައި އިއުލާނުކޮށް ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ.