ENGLISH
21 އޭޕްރީލު 2025
ކޮމިޓީތަކުގައި ތިއްބެވި ޕީއެންސީ މެމްބަރުންނަށް ބަދަލެއް
03 މާރިޗު 2025
|
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު، ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ތިއްބަވާ ޕީއެންސީ މެމްބަރުންނަށް ބަދަލު ގެންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު އެންމެ ފުރަތަމަ އިއުލާނުކުރެވުނު ކަންކަމުގެ ތެރޭގައި ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންނަށް ގެންނެވި ބަދަލުތައް ހިމެނެ އެވެ.
މި ބަދަލުތައް މިއަދު އިއުލާނުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ބަދަލުތަކަކީ:
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ކޮމިޓީއެއްގައި ހިމެނޭ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާނަމަ، އެ މެމްބަރުގެ ބަދަލުގައި އެ ކޮމިޓީއަށް އެ ޕާޓީގެ އެހެން މެމްބަރަކު އައްޔަނުކުރުމުގެ އިޚުތިޔާރު ލިބެ އެވެ. އެ ބަދަލު ގެނައުމަށް ބޭނުންވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އަންގަންޖެހޭނީ އެ ޕާޓީއެއްގެ ޕާލިމެންޓަރީ ގްރޫޕުން ނެވެ.