ENGLISH

21 އޭޕްރީލު 2025

Advertisement

އައިޓީބީ ފެއަރގައި ބައިވެރިވަޑައިގަތުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ފުރާވަޑައިގެންފި

03 މާރިޗު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މިމަހުގެ 4 އިން 6 އަށް ބާލިން އެކްސްޕޯ ސިޓީ ސެންޓަރުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އިންޓަނޭޝަނަލް ޓޫރިޒަމްސް-ބޯރސޭ ބާލިން (އައިޓީބީ) ގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ޖަރުމަނަށް ވަޑައިގެންފި އެވެ.

އައިޓީބީ ފެއަރއަކީ ރާއްޖެއިންވެސް ކޮންމެ އަހަރަކު ވަރަށް ބޮޑަށް ތައްޔާރުވާ ފެއަރއެކެވެ. އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރްސީ އިސްވެ އޮވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މި ފެއަރގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރަމުންދެއެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ފެއަރގައިވެސް ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ ގޮތުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރާނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

މިއަހަރުގެ އައިޓީބީ ބާލިން އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅުނު އިތުރު މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު