ENGLISH
21 އޭޕްރީލު 2025
ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް 160 މިލިއަން ރުފިޔާ ޚަރަދުވާނެ
02 މާރިޗު 2025
|
ފޮޓޯ: ރައީސް އޮފީސް
މި ހިނގާ ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައި، އެކަމަށް 160 މިލިއަން ރުފިޔާ ޚަރަދުކުރައްވަން ނިންމަވާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމެންޓް އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވަނީ ރޯދަ މަހު އާންމު މަސައްކަތަށް ކުރާ ޚަރަދު އިތުރުވާނެ މަހެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޢަމާޒަކީ މިމަހު ރައްޔިތުން އަތުން ކުރާ ޚަރަދު ކުޑަކޮށްދެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ފާހަގަކުރެއްވީ ކުރީގެ މަސްތަކަށް ބަަލައި އެވްރެޖްކޮށް ބިލަށް ޖެހޭ ވަރަށްވުރެ ބޮޑުވާނަމަ އެބައި ޑިސްކައުންޓްގެ ތެރެއިން ކަވަރު ކޮށްދީ، ކޮންމެ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުން ވެސް މަދުވެގެން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
މީގެއިތުރުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މި މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ރޯދަ މަހު ކުރާ ހޭދަ އިތުރުވާ ކަމަށާއި މިކަން މިހެން ދިމާވަނީ ގޭތެރޭގައި ހޭދަކުރާ ވަގުތު އިތުރުވުމުގެ ސަބަބުން ކަމަށެވެ. މިކަންކަމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ ފިޔަވަޅުތަކުގެ ސަބަބުން ރޯދަމަހު ރައްޔިތުންގެ އަތުން ކުރަންޖެހޭ ހޭދަކުޑަވެގެންދާނެ ކަމަށް ވެސް ޑިރެކްޓަރ ޖެނެރަލް ފާހަގަކުރެއްވިއެވެ.
ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށްޓަކައި، މި ސަރުކާރުން ދަނީ ގިނަ އިނާޔަތްތަކެއް ރައްޔިތުންނަށް ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ކަރަންޓު ބިލާއި ފެންބިލުން ޑިސްކައުންޓް ދިނުން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު މިކަމަށް ޚަރަދުކޮށްފައިވަނީ 130 މިލިއަން ރުފިޔާއެވެ.