ENGLISH

21 އޭޕްރީލު 2025

Advertisement

ސަލަފު ޖަމިއްޔާގެ ނަމުގައި ފޭސްބުކުގައި ފޭކު އެކައުންޓެއް ހިންގާތީ ސަމާލުވާން އެދިއްޖެ

02 މާރިޗު 2025

|

އަޙުމަދު ޙަމީދު

ޖަމްޢިއްޔަތުއްސަލަފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހިންގަމުންދާ ކަމަށް އެޖަމްޢިއްޔާއިން ބުނެފި އެވެ.

އެ ޖަމްޢިއްޔާގެ ސެކްރެޓަރީ މުޙައްމަދު ޝުޖާޢު ވިދާޅުވި ގޮތުގައި މިކަން ފުރަތަމަ ޖަމްޢިއްޔާގެ ސަމާލުކަމަށް އައީ “ސަލަފް ރޯދަ ހަދިޔާ” އިވެންޓު ފެށުނު ހިސާބުންނެވެ. އޭރުވެސް މިކަން ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ ޕޭޖްގައި ކޮމެންޓްކޮށް، ހަދިޔާ ލިބިފައިވާކަމަށް މީހުންނަށް ޓެގްކޮށް ހަދަމުންދަނީ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ފޯނުކޮށް، އެކަން ޙިއްސާކުރަމުންދޭ,” ޝުޖާޢު ވިދާޅުވިއެވެ.

މީގެއިތުރުން، ރަމަޟާންމަހުގެ ސުވާލު މުބާރާތްތަކުގައި ޖަވާބު ދީފައިވާ ފަރާތްތަކަށް މި ފޭކް އެކައުންޓުން ޓެގްކޮށް މަރުޙަބާ ކިޔާ ކަންކަން ކުރަމުންދާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފުން އެއްވެސް ފަރާތަކަށް ފްރެންޑު ރިކުއެސްޓެއް ނުފޮނުވާނެ ކަމަށާއި، ނަސީބުވެރިޔާ ޓެގެއް ވެސް ނުކުރާނެ ކަމަށެވެ.

މިފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ޝުޖާޢު ގޮވާލާފައިވެ އެވެ. އަދި މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ނަޞޭޙަތްތެރިވެފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް މެނުވީ އެހެން އެއްވެސް އެކައުންޓަކުން ޖަމްޢިއްޔާގެ ނަމުގައި މުޢާމަލާތެއް ނުކުރާނެ ކަން ޝުޖާޢު ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު