ENGLISH
21 އޭޕްރީލު 2025
ވަޒީރުގެ އިލްތިމާސެއް: ފަތުރުވެރިންނަށް ކާންދޭއިރު އާންމުންނަށް ނުފެންނާނެ ގޮތް ހަދާ
02 މާރިޗު 2025
|
މިނިސްޓަރު އޮފް ސިޓީސް ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަަރު
ބަރަކާތްތެރި ރަމަޟާން މަހު، ފަތުރުވެރިންނަށް ކާންދޭއިރު އާންމުންނަށް ނުފެންނާނެ ގޮތް ހެދުމަށް މިނިސްޓަރު އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަަރު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވަނީ ލޯކަލް ޓޫރިޒަމް އާއި ލޯކަލް ގެސްޓްހައުސް ހިންގާ ރަށްރަށުގައި ބަރަކާތްތެރި ރަމަޟާން މަހު ޓޫރިސްޓުން ކާންދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުޞޫލުތަކާއި މިންގަނޑުތަކާާ އެއްގޮތަށް، ޢާންމުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ސަރުކާރުން ވަނީ މި ރޯދަ މަހު ވީހާވެސް ގިނަ ވަގުތަކު އަޅުކަމުގައި ހޭދަ ކުުރުމަށާއި ދީނާ ހިލާފު އެއްވެސް ކަމެއް އެއްވެސް ރަށެއްގައި ނުހިންގުމަށް އިލްތިމާސް ކޮށްފަ އެވެ. އެފަދަ ކަންކަން ހުއްޓުވަން ފުލުހުން ވެސް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ މަހުގެ ފަހު ދިހައެއް ބަންދު ދުވަސްތަކެއް ކަމުގައި ވެސް ވަނީ ކަނޑައަޅާފަ އެވެ.