ENGLISH
12 ޖުލައި 2025
ވިއްސާރާގައި ތުލުސްދޫއަށް ބޮޑު ގެއްލުމެއް: 50 އިންސައްތަ ގޭގޭގެ ފަރުނީޗަރުތަކަށް ގެއްލުން
02 މާރިޗު 2025
|
ކ އަތޮޅުގެ ރަށެއްގައި ފެންބޮޑުވެފައި
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާ ގައި ކ. ތުލުސްދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ މިހާތަނަށް ވިއްސާރާގައި އެ ރަށަށް ނުވާ މިންވަރަށް ގެއްލުން ވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ވަނީ ގޯސްވެފަ އެވެ. ރޭ ފަތިހާ ހަމައަށް މާލެ ސަރަހައްދުގެ މޫސުން ވެސް އޮތީ ވަރަށް ގޯސް ކޮށެވެ.
ރޭ އިރުއޮއްސުނު ވަގުތުން ފެށިގެން މެންދަމު ތިނެއް ޖަހަންދެން ތުލުސްދޫއަށް ބޯކޮށް ވާރޭވެހުނެވެ. އެ ކަމުގެ ސަބަބުން މުޅި ރަށުގައި ފެންބޮޑުވި އެވެ.
ތުލުސްދޫ ކައުންސިލުން ވިދާޅުވީ ފެންބޮޑުވުމުގެ ސަަބަބުން ވަރަށް ގިނަ ގެތަކަށް ގެއްލުންވެފައިވާ ކަމަށެވެ. ވަރަށް ގިނަ ގެތަކަށް ފެންވަދެ 50 ޕަސެންޓް ގޭބީސީތަކުގެ ފަރުނީޗަރުތައް ތެމި ހަލާކުވެފައިވާ ކަމަށެވެ. އަދި ގެތަކުން ނަޖިސް ބޭރުގެ އާންމު ދިރިއުޅުމަށް ބުރޫއަރާފައިވާ ކަމަށް ކައުންސިލުން ވިދާޅުވި އެވެ.
ރަށުގައި ފެންބޮޑުވި ވަގުތަކީ ދިޔަވަރު ބޮޑު ގަޑިއަށް ވުމުން ފެން ހިންދުމުގައި ވެސް ދަތިތައް ދިމާވި އެވެ.
ކައުންސިލުން ވިދާޅުވި ގޮތުގައި ރަށުގެ ސިއްހީ މަރުކަޒުގައި ބޭސް ރައްކާކޮށްފައި ހުރި ކޮޓަރިއަށް ފެން ވަދެ ވަރަށް ބޮޑު ގެއްލުން ވަނީ ވެފަ އެވެ. އެ ތަނުގައި ހުރީ ކުރިއަށް އޮތް ހަ މަހަށް މާލެ އަތޮޅުގެ އެކި ރަށްރަށަށް ފޮނުވަން ހުރި ބޭސްތައް ކަމަށް ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ ވިދާޅުވި އެވެ.
މީގެ އިތުރުން މާލެ އަތޮޅު ކައުންސިލް އިދާރާ އާއި ސުކޫލަށް ވެސް ވަނީ ގެއްލުންވެފަ އެވެ.
ފެންބޮޑުވުމާއި ގުޅިގެން ސިފައިން އެހީތެރިކަން ލިބުނު ކަން ވެސް ކައުންސިލުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
މޫސުން ގޯސްވެ ފެންބޮޑުވުމާއި ގުޅިގެން ލިބޭ ގެއްލުން ކުޑަކޮށް އާންމުންނަށް އެހީތެރިވުމަށް ސަރުކާރުން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.