ENGLISH

21 އޭޕްރީލު 2025

Advertisement

ކަނޑުގަދަވެ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ދިއުމުން އެމްއެންޑީއެފުން އެހީތެރިކަން ދީފި

02 މާރިޗު 2025

|

އިސްމާއީލް ރާތިއު

"ސުވެނިއަރ 34" ލޯންޗު މިހާރުވަނީ ތިލަފުށްޓަށް ވައްދާފައި-- ފޮޓޯ: އެމްއެންޑީއެފް

ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއަރ 34" ލޯންޗު ފަޅައިގެން ގޮސް، ދިޔަވަމުންދާ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗު ފަޅައިގެން ގޮސް، ދިޔަވަމުންދާތީ މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ލޯންޗު ދިޔަވިއިރު އޭގައި 38 މީހުން ދަތުރުކުރަމިންދިޔަ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މިއަދު މެންދުރު 14:00 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިލޯންޗު ތިލަފުށްޓަށް ވައްދާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

"ސުވެނިއަރ 34" ފަޅައިގެންގޮސް ދިޔަވާން ފަށާފައިވާއިރު، މިއަދު ހެނދުނުު އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ފެތިގެން އޭގައި ދަތުރުކުރި މީހުން ފުލުހުން ސަލާމަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މިއަދުގެ 12:30-17:30 އަށް ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު