ENGLISH

21 އޭޕްރީލު 2025

Advertisement

ދިގުރަށުން މާލެއަށް އައި ލޯންޗެއް ފެތުމުން 48 މީހަކު ފުލުހުން ސަލާމަތްކޮށްފި

02 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ހުވަން ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުން

އދ. ދިގުރަށުން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި ލޯންޗެއް ފެތުމާ ގުޅިގެން، އެ ލޯންޗުގައި ދަތުރުކުރި 48 މީހުން ފުލުހުން ސަލާމަތްކޮށްފިއެވެ. 

ފުލުހުންގެ ޚިހިދުމަތުން ބުނެފައިވަނީ "ހުވަން" ނަމަކަށް ކިޔާ ލޯންޗު ފެތޭކަމުގެ މައުލޫމާތު އެ ޚިދުމަތަަށް ރިޕޯޓުކުރީ މިއަދު ހެނދުނު 7:57 ގައި ކަމަށެވެ. އެ އުޅަނދުގައި 45 ފަސިންޖަރުންނާއި 3 ފަޅުވެރިން ތިބިކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެ ރިޕޯޓު ލިބުމާއެކު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމުތައް އެ ލޯންޗު އޮތް ސަރަހައްދަށް ގޮސް، އެ ލޯންޗުގައި ތިބި އެންމެން ސަލާމަތްކުރިއެވެ. ލޯންޗުގައި ހަތަރު ކުޑަކުދިން ތިބިކަމަށްވެސް ފުލުހުންގެ ޚިދުމަތުން ރިޕޯޓުކޮށްފައިވެއެވެ. 

އެ އުޅަނދުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާ ކަމަށާއި، އެންމެންވެސް ތިބީ ހެޔޮ ހާލުގައިކަމަށް ފުލުހުން ބުންޏެވެ. 

މި ހާދިސާ މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ޚިހިދުމަތުން ފުރިހަމަ ތަހުގީގެއް ހިންގާނެކަމަށް އެ ޚިދުމަތުން ބުނެފައިވެއެވެ. އަދި އެ ޚިދުމަތުން ވަނީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އެ އިދާރާގެ ޓީމުތަކާއި، އެ އޮޕަރޭޝަނުގައި އެހީތެރިވި ޓީމުތަކަށް ޝުކުރު އަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު