ENGLISH
21 އޭޕްރީލު 2025
ގަދަ ވިއްސާރައާއެކު އައިޖީއެމްއެޗް، ދަރުމަވަންތަ، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު!
02 މާރިޗު 2025
|
އަޖީއެމްހޮސްޕިޓަލް-- ފޮޓޯ: ޕީއެސްއެމް ނިއުސް
އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސްވަންދެން މާލެ ސަރަހައްދަށް މެދުނުކެނޑި ކުރި ބޯ ވިއްސާރައިގެ ސަބަބުން މާލޭގައި ހިނގާބިނގާވެ އުޅުމަށް އުނދަގޫވާ ވަރަށް ފެންބޮޑުވެފައިވާތީ އައިޖީއެމްއެޗް، ދަރުމަވަންތަ، ވިލިމާލެ އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ މިއަދަށް ބަންދު ކޮށްފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެކުރި ވިއްސާރައިގާ ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ބަލިމީހުންނަށް ހޮސްޕިޓަލަށް އައިސް، ދިއުމުގައި ދަތިވާނެތީ މިއަދަށް އޯޕީޑީ ބަންދުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އިން-ޕޭޝަންޓް ޑިޕާޓްމަންޓް (އައިޕީޑީ) އަދި އިމަރޖެންސީގެ ހިދުމަތް މެދުނުކެނޑި ލިބޭނެކަމަށްވެސް ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ.
ރޭކުރި ވިއްސާރައިގައި އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ފެންބޮޑުވެ، ހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސްއައިސްވުމުގައި އާންމުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވިއެވެ. ބޯކޮށް ވާރޭ ވެހެމުން ދިއުމާއި ފެން ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލުގައި ތާށިވެފައިތިބި މީހުން، ފުލުހުންގެ ވެހިކަލްތަކުގައި ގެއަށް ގެންގޮސްދީފައިވެއެެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، އެކިވަރުގެ ގެއްލުން ލިބިފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.