ENGLISH

21 އޭޕްރީލު 2025

Advertisement

ރަމަޟާން މަހު އެމްޓީސީސީގެ ފެރީ އަދި ބަހުގެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް

02 މާރިޗު 2025

|

ޝަރާ އަބްދުﷲ

އެމްޓީސީސީގެ ބަހެއް...ފޮޓޯ: ސޯޝަލް މީޑިއާ

މި ރަމަޟާން މަހު އެމްޓީސީސީގެ ފެރީ އާއި ބަހުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި، މާލެއިން ހުޅުމާލެ ފިޔަވަހި 1 އަށް އަދި މާލެއިން ހުޅުމާލެ ފިޔަވަހި 2 އަށް ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 7:00 ޖަހާއިރުއެވެ. އަދި، ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލައި ދެން ދަތުރުތައް ފަށާނީ ރޭގަނޑު 7:20 ގައެވެ. މި ދަތުރުތައް ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތަށް ބަލާއިރު، އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ފަށާނީ ހެނދުނު 7:00 ޖަހާއިރުއެވެ. އަދި، އިރުއޮއްސި 6:00 އަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، ދަތުރުތައް ދެން ފަށާނީ ރޭގަނޑު 9:00 ޖަހާއިރުއެވެ. މި ރޫޓުތަކުގެ ދަތުރުތައް ވެސް ރޭގަނޑު 12:00 ޖަހަންދެން ކުރިއަށް ދާނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ބަސް ދަތުރުތަކުގެ އިތުރުން ފެރީގެ ޚިދުމަތްދޭ ގަޑިތަކަށް ވެސް މި ރަމަޟާން މަހު ވަނީ ބަދަލުގެނެސްފައެވެ.

ވިހި އަތޮޅު ހަ ޒޯނަކަށް ބަހާލައިގެން 68 ރޫޓުން އެމްޓީސީސީގެ ފެރީ ދަތުރުތައް ދަނީ ކުރަމުންނެވެ. ފެރީގެ ޚިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ، މި ރަމަޟާން މަހު ދަތުރުތައް ރާވާފައިވަނީ ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭ ގޮތަށްކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، ލުއިފަސޭހަ އާންމު ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު