ENGLISH

21 އޭޕްރީލު 2025

Advertisement

މިހާރު ކުރަމުންދާ ވިއްސާރައިގައި ދިއްފުއްޓަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހިއްޖެ

02 މާރިޗު 2025

|

އިސްމާއީލް ރާތިއު

ރޭގަ ކުރި ވިއްސާރައިގަ ފުލުހުން ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ޕޮލިސް

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކ. ދިއްފުއްޓަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހުނުކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހުއްޓާނުލާ އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑު ކުރެވިފައިވާ ރަށްތަކަކީ:

02 މާރިޗު 2025: ކ. ދިއްފުށި (296.1 މމ)

12 އޮގަސްޓު 2024: ހއ. ކެލާ (231.5 މމ)

05 ޑިސެމްބަރު 2018: މާލެ (228.9 މމ)

24 ނޮވެމްބަރު 2015: ސ. ގަން (228.4 މމ)

09 ޖުލައި 2002: ގދ. ކާޑެއްދޫ (219.8 މމ)

މީގެ އިތުރުން ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ރަށްތަކަކީ:

ކ. ދިއްފުށި: 296.1 މމ

ހުޅުމާލެ: 185.2 މމ

ފ. ނިލަންދޫ: 178.2 މމ

ހުޅުލެ: 177.2 މމ

ބ. ގޮއިދޫ: 166.3 މމ

ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދުގެ 09:30-13:30 އަށް ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން އެކި ރަށްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު