ENGLISH
21 އޭޕްރީލު 2025
ހުޅުމާލެއަށް 124 މިލިލީޓަރުގެ ވާރޭ ވެހުނު، މާދަމާ މެންދުރާ ހަމައަށް ވިއްސާރަވާނެ: މެޓް އޮފީސް
02 މާރިޗު 2025
|
މިއަދު މެދުރާއްޖެ ތެރެއަށް ކުރަމުންދާ ގަދަ ވިއްސާރާގައި ހުޅުމާލެއަށް 124 މިލިލީޓަރުގެ ވާރޭ ވެހިފައިވާއިރު ކ.ދިއްފުއްޓަށް 173 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު "އެމްއެމްޓީވީ"އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ މިރޭ 3:00 އާ ހަމައަށް ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ދެމެދުގައި ހުރި ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވޭ ކަމަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް މި ސަރަހައްދަށް އޮރެންޖު ސަމާލު ނެރެފައެވެ.
ހުސައިން ވަހީދު އިތުރަށް ވިދާޅުވީ ފާއިތުވި މުއްދަތުގައި ވާރޭ ވެހުނު މިންވަރަށް ބަލާއިރު މިއަދު ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ހުޅުމާލެއަށް 124 މިލލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ހުޅުލެއަށް 89 މިލިލީޓަރުގެ ވާރޭ ވެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މާލޭ ކައިރިން ބައެއް ރަށްރަށަށް ވަރަށް ގިނަަ އަދަދަކަށް ވާރޭ ވެހިފައިވާކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ ކ.ދިއްފުއްޓަށް ހަ ގަޑިއިރު ތެރޭ 170 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މާދަމާގެ މެންދުރާ ހަމައަށް ވިއްސާރަކުރާނެއެވެ. އަދި މި ވިއްސާރަ އެއްކޮށް އަލިވާނީ ހޯމަދުވަހުން ފެށިގެން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މެދުރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖު ސަމާލު ނެރެފައިވާއިރު ދެކުނުގެ ބޮޑު ސަރަހައްދަކަށް ހުނދު ސަމާލު ނެރެފައިވާކަން ފާހަގަކުރައްވަމުން ވަހީދު ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާ ކަމަށެވެ. އަދި މާދަމާ މެންދުރާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިވިއްސާރަކުރަމުންދާނެ ކަމަށެވެ.