ENGLISH
21 އޭޕްރީލު 2025
ހަމައެކަނި ކާބޯތަކެތި ވިއްކާކަން އިޝްތިހާރުކުރަން ހުއްދައެއް ހޯދަންނުޖެހޭނެ: އެމްއެފްޑީއޭ
02 މާރިޗު 2025
|
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ފޮޓޯ: މިހާރު
ކާބޯތަކެތި ތައްޔާރުކުރާ ރެސްޓޯރެންޓުތަކާއި ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ވިއްކާ ތަކެތި އިޝްތިހާރުކުރުމަށް ހާއްސަ ހުއްދައެއް ހޯދަންނުޖެހޭނެ ކަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިފަދައިން ބުނެފައިވަނީ އެ އޮތޯރިޓިން އެކުލަވައި ކާބޯތަކެތި އިޝްތިހާރުކުރުމުގެ ގަވާއިދުގެ ދަށުން، ވިއްކާ ކާބޯތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ހުއްދައެއް ނަގަންޖެހޭނެކަމަށް ބައެއް މީޑިޔާއިން ރިޕޯޓުކުރުމާ ގުޅިގެން އާއްމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެ ގަވާއިދުގެ އިތުރު ތަފުސީލު ބަޔާންކޮށްދީ މިރޭ އެ އިދާރާއިން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި އެމްއެފްޑީއޭއިން ބުނެފައިވަނީ އެ އޮތޯރިޓީން ޝާއިއުކުރި ގަވާއިދުގެ ދަށުން އިޝްތިހާރުކުރުމަށް ހުއްދަ ހޯދަންޖެހޭނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމުގައި ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކަށް ކަމުގައެވެ.
އެ ގަވާއިދުގައިވާ އުސޫލު އިތުރަށް ސާފުކޮށްދެމުން އެ އޮތޯރިޓީން ބުނީ ރެސްޓޯރެންޓު ފަދަ ތަންތަނުގައި ބޭނުންކުރާ މެނޫއާއި، ކާބޯތަކެތީގެ ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ވިއްކަން ހުރިކަމަށް ބުނެ އިޝްތިހާރުކުރުމާއި، ގޭގައި ކާބޯީތަކެތި ތައްޔާރުކުރާ ފަރާތްތަކުން ނުވަތަ މިނޫންވެސް އެފަދަ ފަރާތަކުން އޮންލައިން މަންސައެއްގަައި ނުވަތަ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކާބޯތަކެތީގެ ބާވަތެއް ވިއްކުމަށް ކުރާ އިޝްތިހާރަށް ހުއްދައެއް ހޯދަންނުޖެހޭނެ ކަމަށެވެ.
ނަމަވެސް އެފަދައިން ވިއްކާ ކާބޯއެއްޗެއް އެހެނިހެން އެބާވަތުގެ އެއްޗެއްސަށްވުރެ މޮޅުކަމަށް ނުވަތަ އެހެން ކާބޯތަކެއްޗާ އަޅައިކިޔައިގެން އިޝްތިހާރުކުރާނަމަ ނުވަތަ އެއެއްޗެއްގެ މަގުބޫލުކަން ދައްކައިދޭ އިބާރާތެއް އިޝްތިހާރުގައި ހިމަނާފައިވާނަމަ އެ އޮތޯރިޓީން ހުއްދަ ނުނަގައި އެފަދަ އިޝްތިހާރެއް އާއްމުކުރުން މަނާވާނެއެވެ.