ENGLISH

21 އޭޕްރީލު 2025

Advertisement

ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުން ވެލިބަސްތާ ދޫކުރަނީ، 5 ތަނެއްގައި ފެން ހިއްކާ ޕަމްޕު އޮޕަރޭޓުކުރޭ

02 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމަު ހަމަޖެއްސި ސަރަހައްދުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު

މިރޭ މާލޭ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ގަދަ ވިއްސާރާގައި އާންމުންގެ މުދަލާއި ގެދޮރު ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން މާލޭގެ ހައުސިން މިނިސްޓްރީ ހުރި ބިމުގައި އާއްމުންނަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން އެކްސްގައި ޝާއިއިކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްއާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓްރީ ހުރި ބިމުން އާންމުންނަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. 

އެންޑީއޭމްއޭއިން ވެލިބަސްތާ ދޫކުރަމުންދާއިރު މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހަައްދުތަކުގައި ޕަމްޕި ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރުން އަންނަނީ ކުރަމުންނެވެ. 

އެގޮތުން އެމްއެންޑީއެފުން ބުނެފައިވަނީ 5 ސަރަހައްދެއްގައި 13 ޕަމްޕު ބަހައްޓައިގެން މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މާލޭގެ އިތުރަށް ކ.ހުރައާއި، ކ.ގުރައިދޫގައިވެސް ފެންބޮޑުވެފައިވާތީ އެ ދެ ރަށުގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. 

މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، ގައުމީ ދިފާއީބ ބާރާއި ފުލުހުންގެ ހިދުމަތުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގޭގެއަށް ފެން ވަނުން ކުޑަކުރުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރަށް އެމްއެންޑީއެފުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ތަންތަަނުގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. 

ފުލުހުންގެ ހިދުމަތުންވަނީ ރައްޔުތުންނާއި ގެދޮރާއި މުދާ ހިމާޔަތްކުރުމަށް އެ ހިދުމަތުން ތައްޔާރުވެފައިވާކަން އިއުލާނުކޮށް އެއްވެސް ފަރާތަކުން އެހީތެރިކަން ބޭނުންވާނަމަަ ގުޅައިގެން އެހީތެރިކަން ހޯދުމަށް އެދިފައެވެ. އަދި މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އިލްތިމާސްކުރުމާއެކު، ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުވެސް ނުދުއްވަން އެ އިދާރާއިން އެދިފައިވެއެވެ. 

ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާއެއް ގުޅިގެން ވިއްސާރައިގެ ތެރޭގައި ރައްޔިތުން ހާލު ކައިރިން ބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަން ފަށާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އިއުލާނުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު