ENGLISH

21 އޭޕްރީލު 2025

Advertisement

މިރޭ 3:00 އާ ހަމައަށް އޮރެންޖު ސަމާލު ނެރެއްޖެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރޭ

01 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

މާލޭގެ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށް ސަލާމަތީ ހިދުމަތްތަކުން މަސައްކަަތްކުރަނީ، ފޮޓޯ: އެމްއެންޑީއެފް

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިރޭ މެންދަމުން އަލިވެ 3:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން ދ.އަތޮޅަށް އޮރެންޖު ސަމާލު ނެރެފިއެވެ. 

މޯލްޑިވްސް މީޓެއޮރޮލޮޖިކަލް ސެންޓަރުން ދާދި ދެންމެއަކު ނެރުނު އޮރެންޖު އިންޒާރު ނެރެފައިވަނީ މިރޭ މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށެވެ. މިރޭ އެންމެ ފުރަތަމަ ނެރުނު އޮރެންޖު ސަމާލުގެ ވަގުތަކީ މިރޭ 21:45 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށެވެ. 

ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމުގައި ލަފާކޮށް އޮރެންޖު ސަމާލު ނެރެފައިވާއިރު، މާލެއަށް ހުއްޓުމެއް ނެތި އެތައް ގަޑިއިރަކު ވިއްސާރަކޮށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެފައިވެއެވެ. އަދި ބައެއް ރަށްރަށުގައިވެސް ފެންބޮޑުވެ ގެދޮރަށް ފެން ވަންނަމުންދާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. 

ދައުލަތުގެ އިދާރާތަކުން އަންނަނީ ވިއްސާރާގައި ގެއްލުންވާ ފަރާތްތަކަށް އެހީތެރިވުމަށް މަސައްކަތްކުރަމުންނެވެ. 

މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، ގައުމީ ދިފާއީބ ބާރާއި ފުލުހުންގެ ހިދުމަތުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގޭގެއަށް ފެން ވަނުން ކުޑަކުރުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރަށް އެމްއެންޑީއެފުން އަންނަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ތަންތަަނުގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. 

ފުލުހުންގެ ހިދުމަތުންވަނީ ރައްޔުތުންނާއި ގެދޮރާއި މުދާ ހިމާޔަތްކުރުމަށް އެ ހިދުމަތުން ތައްޔާރުވެފައިވާކަން އިއުލާނުކޮށް އެއްވެސް ފަރާތަކުން އެހީތެރިކަން ބޭނުންވާނަމަަ ގުޅައިގެން އެހީތެރިކަން ހޯދުމަށް އެދިފައެވެ. އަދި މާލޭގެ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް އިލްތިމާސްކުރުމާއެކު، ޒަރޫރީ ބޭނުމެއްގައި ނޫނީ ހަތަރު ފުރޮޅުލީ އުޅަނދުވެސް ނުދުއްވަން އެ އިދާރާއިން އެދިފައިވެއެވެ. 

ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާއެއް ގުޅިގެން ވިއްސާރައިގެ ތެރޭގައި ރައްޔިތުން ހާލު ކައިރިން ބަލައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްކުރަން ފަށާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އިއުލާނުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު