ENGLISH
21 އޭޕްރީލު 2025
ގަދަ ވިއްސާރަ؛ "ހުރިހާ އިދާރާއެއް ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފި"
01 މާރިޗު 2025
|
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު، ފޮޓޯ: ރައީސް އޮފީސް
މިރޭ އިރުއޮއްސުނީއްސުރެ މާލެ ސަރަހައްދު ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ގަދަވިއްސާރާގައި މާލޭގެ ބައެއް މަގުތައް ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ މަސައްކަތް ކަމާ ބެހޭ ހުރިހާ އިދާރާއެއް ގުޅިގެން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިތުރަށް ހީނާ ވިދާޅުވީ ވިއްސާރައގެ ސަބަބުން ރައްޔިތުންނާ ދިމާވާ ދަތިތައް ހައްލުކޮށް، ވިއްސާރައިގެ ތުރާތައް ކުޑަކުރުމަށާއި ރައްޔިތުންގެ ހާލު ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ބެހޭ ހުރިހާަ އިދާރާތައް ގުޅިގެން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ ކަމަށެވެ.
މެދުނުކެނޑި ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއެކު، އެމްއެންޑީއެފުންވަނީ ފެންބޮޑުވި ސަރަހައްދުތަކުގެ ފެން ހިއްކުމަށް ޕަމްޕު ބަހައްޓައިގެން ފެން ހިންދަން ފަށާފައެވެ. އަދި ފެންބޮޑުވާ ސަރަހައްދުތަކުގައި ހުރި ގެދޮރާއި ފިހާރަތަކުގައި ވެލިބަސްތާ ޖަހައިގެން އެތަންތަނުގެ ތެރެއަށް ފެން ނުވަންނާނެހެން ހެދުމަށްވެސް އެމްއެންޑީއެފުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ފުލުހުންގެ ހިދުމަތުންވަނީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކުގައި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހިދުމަތުން ތައްޔާރުވެފައިވާކަން އިއުލާނުކޮށް، އެއްވެސް އެހީއެއް ބޭނުންވާ ފަރާތެއްނަމަ އެ ހިދުމަތަށް ގުޅުމަށް އެދިފައެވެ.