ENGLISH
21 އޭޕްރީލު 2025
ބޯކޮށް ވާރޭވެހޭތީ އޮރެންޖު އިންޒާރު، ފެން ހިންދައި ވެލިބަސްތާ ޖަހަން އެމްއެންޑީއެފް ނިކުމެއްޖެ
01 މާރިޗު 2025
|
ބޯކޮށް ވާރޭ ވެހުނު ރެއެއްގައި އެމްއެންޑީއެފްއިން ފެން ހިންދަނީ، ފޮޓޯ: އެމްއެންޑީއެފް
މިރޭ އިރުއޮއްސުމަށްފަހު މެދުނުކެނޑި ދެގަޑިއިރެއްހައިއިރު މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެ، މާލެ ހިމެނޭހެން މެދުރާއްޖެ ތެރޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓު ނެރެފިއެވެ.
މާލޭގެ މަގުތައް ހުރި ގޮތުން ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެން ބޮޑުވެއެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ޤައުމީ ދިފާޢީ ބާރާއި އެހެނިހެން އިދާރާތައް ގުޅިގެން މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރެއެވެ. އެކި ސަރަހައްދުތަކުގައި ޕަމްޕުތައް ބަހައްޓައިގެން ފެން ހިންދުމުގެ އިތުރަށް ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖަހައިދީ ގެތަކަށް ފެން ވަދެގެން ލިބޭ ގެއްލުން ކުޑަކުރުމަށްވެސް އިދާރާތަކުން މަސައްކަތްކުރެއެވެ.
އިރުއޮއްސުމަށްފަހު ކުޑަ ހިނދުކޮޅެއް ފަހުން މާލެއާއި ހުޅުމާލެއަށް ބޯކޮށް ވާރޭވެހެން ފެށި ގޮތަށް މެދުނުކެނޑި ދެ ގަޑިއިރެއްހައިއިރު ވާރޭ ވެހިފައިވެއެވެ. އަދި މެދުނުކެނޑި ގިނައިރުތަކެއް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވެއެވެ.
އެއާއެކު ޤައުމީ ދިފާއީ ބާރުން ނުކުމެ ފެން ވަންނަ ގެތައް ކައިރީ ވެލިބަސްތާ ޖަހައިދިނުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތްވެސް ޤައުމީ ދިފާއީ ބާރުން އަންނަނީ ކުރަމުންނެވެ.
އޭގެ އިތުރަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް އޮރެންޖު އިންޒާރުވެސް ނެރެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި ރެއިން ފެށިގެން އަންނަ ހޯމަދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރައިގެ އަސަރުކުރާނެއެވެ. ހޯމަދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.