ENGLISH
21 އޭޕްރީލު 2025
ވިއްސާރަ ދުވަސްކޮޅެއްކަމުން މަގުމައްޗަށް ކުނި ނުނެރޭން ވެމްކޯއިން އިލްތިމާސްކޮށްފި
01 މާރިޗު 2025
|
ވެމްކޯގެ ކުނިއުކާ ލޮރީތަކެއް-- ފޮޓޯ: އެމްއެމްޓީވީ
މިދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއް ކަމުން ގެތަކުން މަގުމައްޗަށް ކުނި ނުނެރޭން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، (ވެމްކޯއިން) އިލްތިމާސްކޮށްފިއެވެ.
މިދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ނަމަވެސް އެކުންފުނީގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އަދި މި ބަޔާނުގައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގިހުރި ނަމަވެސް މަގުމައްޗަށް ކުނި ނުނެރުމަށާއި އޭގެ ބަދަލުގައި ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅާ، މައުލޫމާތު ހިއްސާކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބިއްލޫރި ނުވަދަ ތޫނު އެއްޗެއް އުކާލާނަމަ، އޭގެން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެ ގޮތަށް ރަނގަޅަށް ބަންދުކުރުމަށްވެސް ވެމްކޯއިން އިލްތިމާސްކޮށްފައިވެއެވެ.