ENGLISH

21 އޭޕްރީލު 2025

Advertisement

މާލޭގެ މިސްކިތްތައް ކައިރީ ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން މަނާ

01 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

މާލެ ހުކުރު މިސްކިތް ކައިރީ ހަތހަރު ފުރަޅުލީ އުޅަނދު ޕާކު ކޮށްފަ --ފޮޓޯ: ސޯޝަލް މީޑިޔާ

ވަކި ވަގުތު ތަކެއްގައި މާލޭގެ މިސްކިތްތައް ކައިރީގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން ފުލުހުންގެ އިދާރާއިން މަނާކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ ނަމާދު ވަގުތުތަކުގައި މިސްކިތްތައް ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ބާރު ބޮޑުވާނެކަމަށް ލަފާކުރެވޭތީ، މި ރަމަޟާންމަހު މާލޭގެ 22 މިސްކިތެއްގެ ކައިރީގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަކީ މަނާކަމެއް ކަމަށެވެ.

މިގޮތުން ނަމާދު ވަގުތުގެ 10 މިނެޓު ކުރިން ފެށިގެން، ނަމާދުކޮށް ނިމި މިސްކިތްތައް ހިމެނޭ ސަރަހައްދު ހަމައަކަށް އެޅެންދެން ހަތަރު ފުރޮޅުލީ އުޅަނދު އެސަރަހައްދުތަކުގައި ޕާކުކުރުން ވަނީ މަނާ ކޮށްފައެވެ. އަދި މީގެ އިތުރުން ސައިކަލުގައި މިސްކިތަށް ދާނަމަ، ޕާކިން ޒޯނުގައި ސައިކަލު ޕާކު ކުރުމަށާއި އެހެން މީހުންނަށް ދަތިނުވާނެ ގޮތަށް ޕާކު ކުރުމަށް ސަމާލުކަން ދިނުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިސްކިތަށް ދާ މީހުންވެސް ވީހާވެސް ބޮޑަށް ހިނގާފައި މިސްކިތަށް ދިއުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ރަމަޟާން މަހު މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ދިވެހި ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު