ENGLISH

21 އޭޕްރީލު 2025

Advertisement

އިޙުޔާ ފޯރަމުތައް؛ މާލޭގައި 8 ފޯރަމު، އަތޮޅު ތެރޭ 7 ފޯރަމް

01 މާރިޗު 2025

|

އާމިނަތު މައިހާ

މި ފެށުނު 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ގުޅިގެން ބާއްވާ އިޙްޔާ ފޯރަމްތައް މާލެ ސިޓީއާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ބޭއްވުމަށް ވަނީ ނިންމައި، މާލޭގައި 8 ފޯރަމު އަދި އަތޮޅު ތެރޭގައި 7 ފޯރަމު ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. 

އެވުޒާރާއިންވަނީ އިޙުޔާ ފޯރަމުތަކުގެ ތާވަލު އާއްމުކޮށްފައެވެ. އެގޮތުން ފޯރަމުތައް ބާއްވާ ދުވަސްތަކާއި އެ ފޯރަމުތަކުގައި ވާހަކަދައްކަވާނެ އިލްމުވެރިންގެ ތަފުސީލުތައްވެސް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވެއެވެ. 

މާލޭގައި ބާއްވާ ފޯރަމްތައް:

  • 2 މާރިޗު 2025، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
  • 6 މާރިޗު 2025، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
  • 9 މާރިޗު 2025، އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ހުސެއިން
  • 13 މާރިޗު 2025، ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު
  • 16 މާރިޗު 2025، އައްޝައިޚް މުޙައްމަދު ލަތީފް ޢަލީ
  • 20 މާރިޗު 2025، ޑރ. މޫސާ ޢަންވަރު ޙަސަން
  • 23 މާރިޗު 2025، ޑރ. އަނާރާ ނަޢީމް

މާލެ ސިޓީގައި ކުރިއަށްދާ ފޯރަމްތަކުގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މަޢުޟޫއުތަކަށް ބަލާލާއިރު، މާދަމާރޭގެ މައުޟޫޢަކީ،  ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުމުގެ މައްޗަށެވެ. މާރިޗު 6ގައި އަހުޒާބު ހަނގުރާމައާއި އެ ހަނގުރާމައިން ލިބޭ ޢިބުރަތްތަކުގެ މައްޗަށް ވާހަކަދައްކަވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ.

މާލެ ސިޓީގައި ބާއްވާ އިޙުޔާ ފޯރަމްތަަކުގައި އަލިއަޅުވައިލަން ހަމަޖެހިފައިވާ އިތުރު މައުޟޫޢުތަކުގެ ތެރޭގައި، އިސްލާމްދީން މަތީ ސާބިތުވުން، އިސްލާމީ އަޅުކަންތަކުގައި ހިމެނޭ މާއްދީ އަދި ރޫހާނީ ފައިދާތައް، ނަމާދުގެ މާތްކަން، ކީރިތި ރަސޫލާ ﷺ ރިވެތި އަޚުލާޤު، އީމާންކަން ހަރުދަނާކުރުމުގެ މުހިންމުކަމާއި އިސްލާމީ ތަޢުލީމީ ނިޒާމު ހިމެނެއެވެ.

އަތޮޅުތަކާއި ސިޓީތަކުގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 ދުވަހެއްގައެވެ.

އަތޮޅުތަކާއި ސިޓީތަކުގައި ބާއްވާ ފޯރަމްތައް:

  • 4 މާރިޗު 2025، އައްޝައިޚް ޢަބްދުﷲ ސަޢުދާން (ގދ. ގައްދޫ)
  • 7 މާރިޗު 2025، އައްޝައިޚް ޢަލީ ޝަހީދު (ހދ. ނައިވާދޫ)
  • 11 މާރިޗު 2025، އަލްއުސްތާޛް އުސާމް މުޙައްމަދު ސަޢީދު (ހއ. ބާރަށް)
  • 14 މާރިޗު 2025، އައްޝައިޚް އިމްތިޘާޢު ޢައްބާސް (ތ. ގުރައިދޫ)
  • 18 މާރިޗު 2025، އައްޝައިޚް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް (ފުވައްމުލައް ސިޓީ) 
  • 21 މާރިޗު 2025، އައްޝައިޚް ނިމާލް މުޙައްމަދު (ނ. މަނަދޫ)
  • 25 މާރިޗު 2025، އައްޝައިޚް ޢާޒިމް ޚާލިދު (ރ. މީދޫ)

އަތޮޅުތެރޭގައި ކުރިއަށްދާ ފޯރަމްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މައުޟޫއުތަކަށް ބަލާލާއިރު އެންމެ ފުރަތަމަ ގދ. ގައްދޫގައި ބާއްވާ ފޯރަމްގައި ވާހަކަދެއްކުމަށް ހަމަޖެހިފައިވަނީ، ނުރަނގަޅު އާދަތައް ދޫކުރުން މި މައުޟޫއަށެވެ. މީގެ އިތުރަށް، ރަމަޟާން މަހާއި ޢަމަލުތައް، މަސައްކަތުގެ އަޚްލާގާ ނަބަވީ ސީރަތު، ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން، މަޢުޟޫޢިއްޔަތާއި ނިސްބިއްޔަތުގެ ހަނގުރާމަ، ސިޙުރު، އެސްފީނާ، ޙަސަދައިން ރައްކާތެރިވުން އަދި ނަމާދަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން، މި މަޢުޟޫއުތަކަށް ވާހަކަދެކެވިގެންދާނެއެވެ. 

މީގެއިތުރުން، މި އަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން އަހަރުތަކޭ އެއްފަދައިން މި އަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ޙާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު