ENGLISH

21 އޭޕްރީލު 2025

Advertisement

ފިތުރު ޒަކާތް އޮންލައިންކޮށް މިއަދުން ފެށިގެން ބަލައިގަންނާނެ

01 މާރިޗު 2025

|

އިސްމާއީލް ރާތިއު

ކުރީ އަހަރެއްގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ- ފައިލް ފޮޓޯ: ސަން

ސާދަ ސަތޭކަ ސާޅީސް ހަވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން މިއަދު ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ މި ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތަކަކީ:

1. ދިރާގު އެޕް/ ދިރާގު ޕޭ

2. އުރީދޫ އެމް-ފައިސާ އެޕްލިކޭޝަން

3. އެމްއައިބީ ފައިސާ މޮބައިލް އެކްސް އެޕްލިކޭޝަން

4. ބީއެމްއެލް މޮބައިލް އެޕްލިކޭޝަން

5. ފަހިޕޭ އެޕްލިކޭޝަން

6. ބަނޑޭރިޕޭ އެޕްލިކޭޝަން ނުވަތަ ޕޯޓަލް

ޒަކާތު ހައުސްއިން ބުނީ މީގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ޒަކާތް ދެއްކޭނެ ކަމަށާއި އޮންލައިންކޮށް ފައިސާ ދައްކަން އަހުލުވެރި ނޫން ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން ޒަކާތް ދެއްކޭނެ ކަމަށެވެ.

އެގޮތުން ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

1. 02 މާރިޗު 2025- 20 މާރިޗު 2025: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30-11:30 އަށް

2. 23 މާރިޗު 2025- 30 މާރިޗު 2025: ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 11:00-14:00 އަށް

މި އަހަރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ އަގުތައް ވެސް ޒަކާތު ހައުސްއިން މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

1. އާދައިގެ ހަނޑޫ- 12 ރުފިޔާ

2. ތައިލެންޑް ހުދު ހަނޑޫ- 62 ރުފިޔާ

3. ރަތް ހަނޑޫ- 86 ރުފިޔާ

4. ބާސްމަތީ ހަނޑޫ (އާދައިގެ)- 74 ރުފިޔާ

5. ބާސްމަތީ ހަނޑޫ (މޮޅު)- 100 ރުފިޔާ

6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު)- 133 ރުފިޔާ 

7. އާދައިގެ ފުށް- 10 ރުފިޔާ

8. އާޓާ ފުށް - 75 ރުފިޔާ

މާލެ ސިޓީ ފިޔަވާ އެހެން ރަށްތަކުގައި އެރަށެއްގެ ރަށު/ސިޓީ ކައުންސިލުން ނަގުދު ފައިސާ ބަލައިގަންނާނެ ކަމަށްވެސް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު