ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީ 5100 ޓީއީޔޫ އަށް އިތުރުކޮށްފި

28 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

އެމްޕީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އިލްޔާސް މުޙައްމަދު. --ފޮޓޯ:އެމްއެމް

މި އަހަރު އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީ 5,100 ޓީއީޔޫ (20 ފޫޓު ކޮންޓެއިނައާ އެއްވަރުގެ ޖާގަ) އަށް އިތުރުކުރެވިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރޯދައަށް ތައްޔާރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އިލްޔާސް މުޙައްމަދު ވިދާޅުވީ، އެންމެ ބޮޑު ޗެލެންޖަކަށްވީ މިދިޔަ އަހަރު ފެށުނުއިރު އެމްޕީއެލްގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 3،600 ޓީއީޔޫ ކަމަށާއި މިއަހަރު އެ އަދަދު އިތުރުކޮށް މިހާރު ސްޓޯރޭޖް ކެޕޭސިޓީއަކީ 5،100 ޓީއީޔޫ ކަމަށެވެ. އަދި މިއީ މިހާތަނަށް ނުލިބޭވަރުގެ ބޮޑު ކުރިއެރުމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތް ކލުރެވުނު ކަމަށާއި އެގޮތުން މިހާރު ބޭނުންކުރަމުންދާ ގުދަން ރޯދަމަހަށް ގެންނަ ޕެރިޝަބަލް ކާގޯ ރައްކާ ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެހެނިހެން މުދާ ހުޅުމާލެއަށް ބަދަލުކޮށް އެތަނުން ކްލިއާރ ކުރާގޮތަށް ބަދަލުކުރެވިފައިވާކަމަށާއި އަދި ޔާޑު ސަރަހައްދުގައި އިތުރު ގޭޓެއް ހުޅުވާ އެތަނުން ވެސް މުދާ ކްލިއާރ ކުރެވޭގޮތަށް ބަދަލުކުރަން ތައްޔާރުވެފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ރޯދަމަހަށް ޚާއްސަކޮށް މުވައްޒަފުން ވެސް އިތުރުކުރެވިފައިވާ ކަމަށާއި އަދި އެމްޕީއެލް އޮތީ ރޯދައަށް ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު