ENGLISH
21 އޭޕްރީލު 2025
ރޯދަމަހު މާލޭ މަގުމަތި ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން
28 ފެބްރުއަރީ 2025
|
ޝަހީދު ޙުސައިން އާދަމް ބިލްޑިންގ-- ފޮޓޯ: އެމްއެމްޓީވީ
ރޯދަމަހު މާލޭ މަގުމަތި ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭންވީ ކަންކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ފާހަގަކުރައްވައިފިއެވެ.
ރޯދަމަހާ ގުޅިގެން ސަމާލުކަން ދޭޖެހޭ ކަންކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ނަމާދު ވަގުތާ ދިމާކޮށް ބާރު ބޮޑުވާ 22 މިސްކިތެއް ފާހަގަކޮށް، އެމިސްކިތްތައް ކައިރީގައި ނަމާދު ވަގުުތުގެ 10 މިނިޓު ކުރިން ފެށިގެން ނަމާދު ނިމި، ސަރަހައްދުން ޓްރެފިކް ބާރު ކުޑަވަންދެން ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މިސްކިތަށް ވަޑައިގަތުމުގައި ގެއާ ކައިރި މިސްކިތަށް ވަޑައިގަންނަވާނަމަ ހިނގާފައި ވަޑައިގަތުމަށާއި ސައިކަލުގައި ވަޑައިގަންނަވާނަމަ ވީހާވެސް މީހުންނަށް އުނދަގޫ ނުވާނެހެން ރަނގަޅަށް ޒޯނުގައި ޕާކުކުރެއްވުމަށް ފުލުހުން އެދެއެވެ.
މީގެއިތުރުން އޮފީހަށް ވަޑައިންނަވާ ގަޑީގައި ވީހާވެސް އަވަހަކަށް ގެއިން ނިކުންނެވުމަށާއި އެހެން މީހުންނަށް ދަތި ނުވާނެ ގޮތަށް ސައިކަލު ޕާކުކުރެއްވުމަށްވެސް ފުލުހުން އެދިފައިވެއެވެ.
ފުލުހުން ބުނީ ކުރީ އަހަރުތަކުގެ ތަޖުރިބާއަށް ބަލާ، އެމްއެމްއޭ، ޗާންދަނީ މަގު ފެންޓަސީގެ އިތުރުން ވެލާނާގެ އޮފީސްތައް ހުންނަ ސަރަހައްދާއި ބުރިޖާއި ހައިވޭއަށް ހާއްސަ ސަމާލުކަމެއް ދީގެން ޓްރެފިކް ބަލަހައްޓަމުން ގެންދާނެ ކަމަށާއި ހިލާލީ މަގު، ސޯސަން މަގު، ފަރީދީ މަގު އަދި ޗަންޕާ މަގުގެ ޓްރެފިކް ފްލޯއަށް ބަލާ، ބަދަލު ގެންނަން ޖެހޭނަމަ ބަދަލު ގެންނާނެ ކަމަށެވެ.
ފުލުހުން ވަނީ ރޯދަމަގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ 6 ދުވަހު މުދާ އުފުލުން މަނާ ގަޑިތަކުގައި މުދާ އުފުލާ އުޅަނދުތައް ނުދުއްވުމަށް އެދިފައެވެ.