ENGLISH
12 ސެޕްޓެމްބަރު 2025
ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި، ޙިފުޡްކޮށް ތަރާވީޙް ނަމާދު ކުރާނެ
28 ފެބްރުއަރީ 2025
|
ފޮޓޯ: އަހުމަދު ނިޝާތު
ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސިޓީގެ 24 މިސްކިތެއްގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާ ގޮތަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
މާލޭގެ 16 މިސްކިތެއްގައި ޙިފުޡްކޮށް ތަރާވީޙު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ 7 މިސްކިތެއްގައި އަދި ވިލިމާލޭގެ 1 މިސްކިތެއްގައި ޙިފުޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތައް
ހުޅުމާލެ އަދި ވިލިނގިލީގައި ޙިފުޡްކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތައް:
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، މި ރަމަޟާން މަހު ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރުމުގެ ފުރުސަތު ޒުވާން އިމާމުންނަށް ވަނީ ހޯދައިދީފައެވެ. މީގެ އިތުރުން މިއަހަރުގެ ރަމަޟާން މަހު މާލޭގެ ގިނަ މިސްކިތްތަކެއްގައި ޒުވާން ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހު މާލޭގެ އެންމެ ބޮޑު މިސްކިތްކަމަށްވާ އިސްލާމީ މަރުކަޒުގައި ތަރާވީޙު ނަމާދު ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ.
ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރާނެ ޒުވާން ޙާފިޒުންނަކީ އާދަމް މިޝްޢަލް ޝާމިން، މުޙައްމަދު މިޝްޢަލް ޢާޡިމް އަދި ޢަބްދުﷲ އަޙްސަން ސަޢިދުއެވެ.