ENGLISH
21 އޭޕްރީލު 2025
ވިއްސާރައިގެ ސަބަބުން ރޯދަ މަހު ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މަސައްކަތް ފައްޓަވައިފި
28 ފެބްރުއަރީ 2025
|
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު. --ފޮޓޯ: ރައީސް އޮފީސް
ވިއްސާރައިގެ ސަބަބުން ރޯދަ މަހު ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ވެސް ވަނީ މަސައްކަތް ފައްޓަވައިފައިކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވުމާއެކު، ރައްޔިތުންނަށް ދިމާވެދާނެ އުނދަގޫތައް ވީހާ ވެސް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.
އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރަ އަލި ކުރާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.