ENGLISH

21 އޭޕްރީލު 2025

Advertisement

މޫސުން ގޯސް؛ ދެން އަލިވާނީ ހޯމައިގައި

28 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު މޫސުން ގޯސްވެފައިވާއިރު، ދެން ވިއްސާރަ އަލިކުރާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

މިކަމާ ގުޅިގެން 'އެމްއެމްޓީވީ' އަށް މިއަދު މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ، މިހާރު ވިއްސާރަކުރަމުން މިދަނީ ރާއްޖެ ސަރަހައްދުން އިރުމަތީގައި އުފެދިފައިވާ 'ސާކިއުލޭޝަން'އެއްގެ ސަބަބުން ކަމަށެވެ.

މި ސާކިއުލޭޝަން ދަތުރުކުރަމުންދަނީ މެޓުން ބުނިގޮތުގައި، ރާއްޖޭގެ އިރުން، ހުޅަނގު ބިތާ ދިމާލަށެވެ. އެ އިދާރާއިން ބުނިގޮތުގައި އެންމެ ބޮޑަށް މިފަހަރު ވިއްސާރަކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށެވެ.

މެޓުން ބުނީ ހޯމަ ދުވަހުން ފެށިގެން ވިއްސާރަ އަލިކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު