ENGLISH

21 އޭޕްރީލު 2025

Advertisement

ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލާ ގަޑިތައް އާންމުކޮށްފި

28 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމަށް ކަނޑައެޅިފައިވާ ގަޑިތައް އާންމުކޮށްފިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން، ރަމަޟާން މަހުގެ 1 ވަނަ ދުވަހުން 19 ވަނަ ދުވަހަށް، އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހަށް، މާލޭ ސަރަހަައްދުގައި ބަރު އުޅަނދާއި، ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 09:30 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފަތިހު 6:00 އަށެވެ.

އަދި ހެނދުނު 6:00 އިން 9:30 އަށް އަދި ހަވީރު 16:30 އިން ރޭގަނޑު 8:00 އަށް އެފަދަ މުދާ އުފުލުން މަނާވާނެ ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު ދިހައެއްގައި، މާލޭ ސަރަހަައްދުގައި ބަރު އުޅަނދާއި، ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން 16:30 އަށް އަދި 20:00 އިން 6:00 އަށް ކަމަށް ބުނެފައިވެއެވެ. 

އެނޫން ވަގުތު ތަކުގައި، (16:30 އިން 20:00) މުދާ އުފުލުން މަނާ ވާނެއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނި ގޮތުގައި، އެ އެންގުމާ ޚިލާފްވާ ފަރާތްތައް -/750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު