ENGLISH
21 އޭޕްރީލު 2025
ހުޅުމާލެ އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށްދާ ގޮތް މިނިސްޓަރ ތޯރިގު ބައްލަވާލައްވައިފި
28 ފެބްރުއަރީ 2025
|
ސްޓެލްކޯ ސައިޓު ބައްލަވާލެއްވުމަށް މިނިސްޓަރ ތޯރިގް ކުރެއްވި ޒިޔާރާތުގެ ތެރެއިން-- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ
ރަމަޟާން މަހު ކަރަންޓުގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށް މާލޭގެ ކަރަންޓު ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ބައްލަވާލައްވައިފިއެވެ.
ހޫނު މޫސުމާއި އަދި ރޯދަ މަހާ ދިމާކޮށް 17 މެގަވޮޓުގެ ކަރަންޓު އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ބައްލަވާލެއްވުމަށް މިނިސްޓަރ ތޯރިގު ވަނީ ސްޓެލްކޯގެ އިސްވެރިންނާ އެކު އެ ސައިޓަށް ޒިޔާރާތްކުރައްވާފައެވެ.
އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގެ ކަރަންޓުގެ ޑިމާންޑް، ޚާއްސަކޮށް ރަމަޟާން މަހު، އިތުވެގެން ދާނެ ކަމަށް ލަފާކޮށްފައިވާއިރު މި އިންޖީނުގޭގެ ސަބަބުން މެދުނުކެނޑި އެ ޚިދުމަތް ލިބޭނެ ކަމަށެވެ.
ސްޓެލްކޯއިން މީގެކުރިން ބުނެފައިވަނީ މަސައްކަތަށް ބޭނުންވާނެ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލްތައް ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް 8 ދުވަހުގެ ތެރޭގައި ބިން ސާފުކޮށް، ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށެވެ. އަދި ހުއްޓުމެއް ނެތި 24 ގަޑިއިރު މިކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.