ENGLISH

21 އޭޕްރީލު 2025

Advertisement

ހައްގުވާ އެހެން ފަރާތްތަކަށް ފުރުސަތު ދެއްވުމަށް މިނިސްޓަރ ޙައިދަރު ފްލެޓު ދޫކޮށްލައްވަން ނިންމަވައިފި

27 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ހަޔާރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ޢަހްމަދު-- ފޮޓޯ/ ރައީސް އޮފީސް

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4000 ފުލެޓަށް ޝަރުތު ހަމާވާ މީހުންގެ ލިސްޓުގައި ހިމެނިވަޑައިގަތް ހަޔާރ އެޑިޔުކޭޝަން، ލޭބާރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަލީ ޙައިދަރު ޢަހްމަދު ފުލެޓު ދޫކޮށްލައްވަން ނިންމަވައިފިއެވެ.

މިނިސްޓަރ ޙައިދަރު ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ، މިނިސްޓަރު ކޯއެޕްލިކަންޓަކަށްހުރެ، އަނބިކަނބަލުން މަރްޔަމް ތައުފީޤާ އަށް ތިން ކޮޓްރީގެ ފުލެޓެއް ލިބޭނެ ކަމަށް މިއަދު ސަރުކާރުން ނެރުނު ލިސްޓުގައި ހިމަނާފައިވާކަމަށެވެ. އެހެން ކަމުން މިހާރު ހުންނެވި މަގާމުގެ ހައިސިއްޔަތުގެ ގޮތުން ދެ ބޭފުޅުންގެ ނަމުގައި ކަނޑައަޅާފައިވާ ފުލެޓު ލިބިގަތުމަށް ޢުޒުރުވެރިވެވަޑައިގަންނަވާކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން ދެމަފިރިންނަށްވުރެ މި ސްކީމުން ފުލެޓެއް ހައްގުވާ އެތައް އާއިލާއެއް ތިބޭނެ އެވެ. ވީމާ، މި ސްކީމުން އަޅުގަނޑުމެންނަށް ލިބޭ ފުލެޓު ދޫކޮށްލަން ގަސްދުކުރާ ވާހަކަ ނުހަނު ޠަޢާތާއި އިހުތިރާމާ އެކު ދެންނެވީމެވެ." މިނިސްޓަރުގެ ބަޔާނުގައި ލިޔުއްވާފައިވެއެވެ. 

މި ސަރުކާރުން ރިވިއުކޮށް މިއަދު އާންމުކުރި ލިސްޓުގައި ފުލެޓު ހައްގުވާ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ. އޭގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފުލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.

މިއަދު ޝާއިއުކުރި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ gedhoruveriya@infrasructure.gov.mv އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު