ENGLISH
21 އޭޕްރީލު 2025
މީރާ މެދުވެރިކޮށް އެކިކަހަލަ ހެޔޮކަންކަމަށް ހޭދަކުރެވޭނެ ގޮތް ހަމަޖައްސައިފި
27 ފެބްރުއަރީ 2025
|
މީރާ މެދުވެރިކޮށް އެކިކަހަލަ ހެޔޮކަންކަމަށް ހޭދަކުރެވޭނެ ގޮތް ތައާރަފުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް (ވާރުޕޭ) މެދުވެރިކޮށް އެކިކަހަލަ ހެޔޮކަންކަމަށް ހޭދަކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
މި ހިދުމަތް އިފްތިތާހުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވަނީ ދިވެހިންނަކީ އަބަދުވެސް ހެޔޮކަންކަމަށް ހޭދަކުރަން ޝައުގުވެރިކަން ހުންނަ ބައެއް ކަމަށާއި ދުނިޔޭގެ އެކިކަންކޮޅުގައި ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް ދިވެހިންގެ ފަރާތުން ލިބެމުން އަންނަ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގެ އެކިކަންކަމަށް ހޭދަކުރާފަދައިން ރާއްޖޭގައިވެސް އެހީތެރިކަން ބޭނުންވެފައިހުރި އެކިކަންކަމަށް ހޭދަކުރުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އެގޮތުން އެކި ރަށްރަށުގެ މިސްކިތް ބިނާކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ގާއިމްކުރުން ފަދަ މުހިންމު ކަންކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަގީގަތަކަށް ވެގެންދިޔަކަމީ އުފާކުރައްވާ ކަމެއް ކަމަށާއި މިކަމަކީ ވަޒީރުގެ ދުރުވިސްނުންފުޅާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ އެންމެންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިސްކިތް ބިނާކުރުމާއި ޤުރްއާން ކިޔަވައިދޭ މަރުކަޒުތައް ގާއިމްކުރުމުގެ އިތުރުން މިފަދަ އެތަކެއް ކަމަކަށް ވާރުޕޭ މެދުމެރިކޮށް މިހާރު ހަރަދުކުރެވޭނެއެވެ.