ENGLISH

21 އޭޕްރީލު 2025

Advertisement

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާޗް 1 އިން 31 އަށް

27 ފެބްރުއަރީ 2025

|

އަޙުމަދު ޙަމީދު

މިނިސްޓަރު މުއްތަލިބު

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4000 ފްލެޓު ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މާޗް މަހު ހުޅުވާލަން ނިންމައިފި އެވެ. 

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ވިދާޅުވީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ޢާންމުކޮށްފައިވާ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ޞައްޙަކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތް ނިންމާ އެ ލިސްޓު މިހާރު ޢިއުލާނު ކޮށްފައިވާ ކަމަށެވެ.

ލިސްޓު ސައްޙަ ކުރުމުގައި މިނިސްޓްރީ އިން ބަލާފައިވާނީ ދެ ކަމަކަށް އެއީ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި،  ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މަޢުލޫމާތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވި އެވެ.

ޝާއިޢުކޮށްފައިވާ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ gedhoruveriya@infrasructure.gov.mv އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.  

މިނިސްޓްރީން ވިދާޅުވީ ޝަރުތު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ އެފަރާތްތަކަށް ލިބޭނެކަމަށް ކަޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށްވަނީ މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ. މިގޮތުން ލިސްޓްގައިވާ ފަރާތްތަކާ ފްލެޓް ޙަވާލުކުރުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު ގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތްތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު