ENGLISH

21 އޭޕްރީލު 2025

Advertisement

ގެދޮރުވެރިޔާ ސްކީމް: ފްލެޓުގެ އަގުތަކަށް ބަދަލުތަކެއް

27 ފެބްރުއަރީ 2025

|

އިސްމާއީލް ރާތިއު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބު، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު އަގުތައް އިއުލާނު ކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިއުލާނުކޮށްފައިވާ އަގުތަކަކީ މި މަޝްރޫއަށް އެގްޒިމް ބޭންކުން ނަގާފައިވާ ލޯނު ދެއްކުމަށް ދައުލަތުން ކުރަންޖެހޭނެ ޚަރަދުތަކުގެ އެސެސްމަންޓެއް ވެސް ހެދުމަކާ ނުކައި އިޢުލާންކޮށްފައިވާ އަގުތަކެއް ކަމަށެވެ. އަދި މި އަގުތަކަކީ އެންމެ ރަނގަޅަށް، އެންމެ އިންސާފުވެރިކޮށް ކަނޑައަޅާފައިހުރި އަގުތަކެއް ނޫން ކަމަށެވެ.

ވަޒީރު ވިދާޅުވީ އެގްޒިމް ބެންކުގެ ލޯނަށް ލާރިދައްކަން ތިން ކޮޓަރިން 13،000 ރުފިޔާ އަދި ދެކޮޓަރިން 9،000 ރުފިޔާ ނަގަންޖެހޭ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުން ނަގަން މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ:

  • ދެކޮޓަރީގެ އެޕާޓްމަންޓުތަކުން: 15،000 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓަކާ އެކު 7،000 ރުފިޔާގެ މަހު ކުލި، އަދި 1،000 ރުފިޔާގެ މެއިންޓެއިނަންސް ފީ
  • ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުން: 25،000 ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓަކާ އެކު 9،000 ރުފިޔާގެ މަހު ކުލި، އަދި 1،500 ރުފިޔާގެ މެއިންޓެއިނަންސް ފީ

ވަޒީރު ވިދާޅުވީ މިގޮތަށް އަގުތައް ކަނޑައަޅާފައި މިވަނީ ދައުލަތުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވާންޖެހޭނީ ވީހާވެސް ބަޖެޓަށް ބުރަނުވާ ގޮތަށް ހިންގާ މަޝްރޫތަކަކަށް ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރުވެސް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ސަބްސިޑައިޒް ކުރަން ޖެހޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު